twitterviber whatsapp telegramfacebookyoutube instagram
29th March 2024

އޮސްޓްރޭލިއާ އިން ބޮޑެތި މަދިރިތަކެއް، ނުރައްކާތެރި ވައިރަހެއް ފެތުރިދާނެ ކަމުގެ ބިރު

ޚަދީޖާ އާދަމް
Feb 4, 2020

އެލަފެންޓް މޮސްކިޓޯގެ ނަން ދެވިފައިވާ ބޮޑެތި މަދިރިތަކެއް އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓްގެ 4 ސަަރަހައްދަކުން ވަނީ ފެނިފަ އެވެ.

އޮސްޓްރޭލިއާގެ ކްއީންސްލޭންޑް، ކޫމްބުބާރ، ޕެރެޑައިސް ޕޮއިންޓް އަދި ބިގެރާ ވޯޓާސް ސަރަހައްދުން މި ފަދަ މަދިރި ފެނިފައިވާއިރު ކްއީންސްލޭންޑުގައި މީގެ މަދިރި އާދަޔާ ހިލާފަށް ފެތުރެމުންދާ ކަމަށް ހަބަރުތަކުން ބުނެއެވެ. މިއާއެކު މަދިރީގެ ސަބަބުން އުފެދޭ ނުރައްކާތެރި ވައިރަހެއްކަމަށްވާ ރޮސް ރިވާ ވައިރަސް އެ ސަރަހައްދުގައި ފެތުރިދާނެކަމުގެ ވަނީ ހީވެފައެވެ.

މިއީވެސް މިހާތަަނަށް ސީދާ ފަރުވާ ހޯދިފައި ނުވާބައްޔެކެވެ. އެންމެ ފަހުން 2015 ވަނަ އަހަރު މި ބަލި ފެތުރުނުއިރު 700 ވުރެ ގިނަ މީހުންނަށް ވަނީ މި ބަލި ޖެހިފައެވެ.

މީގެ މަދިރިއަކީ އާދައިގެ މަދިރިތަކަށްވުރެ 5 ގުނަ ބޮޑެތި މަދިރިއެކެވެ. ނަަމަވެސް ތަފާތަކީ މިފަދަ މަދިރި އިންސާނުންގައިން ލޭ ބޮނީ އާދައިގެ މަދިރިއަށްވުރެ މަދުންނެވެ. މިފަދަ މަދިރީގެ ކާނާއަކީ މަދިރީގެ ލާވާއެވެ.

މީގެ މަދިރި ފެނުނު ގޯލްޑް ކޯސްޓަކީ މަދިރީގެ އާބާދީ ބޮޑު ސަރަހައްދެއް ކަން ފާހަގަ ކޮށްލެވެއެވެ.

އެ ސިޓީގެ ކައުންސިލުން އެ ސަރަހައްދު ފޮގް ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު އެސިޓީގެ ކައުންސިލަރު ކެމަރޮން ކެލްޑްވެލް ބުނީ ފާއިތުވެ ދިޔަ ހަފްތާތެރޭގައި މަދިރީގެ އުނދަގު ބޮޑުވެފައިވާ ކަމަށެވެ.

އަދި މިިދިޔަ ދުވަސްކޮޅުތެރޭ ވިއްސާރަވެ ގޯލްޑް ކޯސްޓުގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާތީ ރޮސް ރިވާ ވައިރަސް ފެތުރުމުގެ ފުރުސަތު ބޮޑުކަމަށް ތަޖުރިބާކާރުން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355