twitterviber whatsapp telegramfacebookyoutube instagram
28th March 2024

ބޮޑުތިލަދުންމަތީގެ ރަށްތައް މުޅިން އާ ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލަނީ

އަބްދުލް ވާހިދު ޙަސަން
Feb 3, 2020
6

ރާއްޖޭގެ ރަށްތައް ކަނޑު ދަތުރުފަތުރުގެ މުޅިން އާ ނިޒާމަކުން ގުޅާލައި މިއަހަރުތެރޭގައި ހިދުމަތް ދޭ ފެށޭނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގެ މިއަހަރު ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވަމުން، ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ރާއްޖޭގެ ރަށްތައް ކަނޑު ދަތުރުފަތުރުކުރުމުގެ ލުއި ފަސޭހަ ނިޒާމަކުން ގުޅުލުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހއ، ހދ އަދި ށ އަތޮޅުގެ ރަށްތަކަށް މުޅިން އާ ދަތުރުތަކެއް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

ރައީސް ވިދާޅުވީ، މިމަޝްރޫއުގައި ބޭނުންކުރާނީ ދުވެލި ހަލުވި، ތިމާވެއްޓާ ރަހުމަތްތެރި އަދި ރައްކާތެރި އުޅަނދުތަކެއް ކަމަށެވެ. އަދި އެ ހިދުމަތް މިއަހަރުތެރޭގައި ފެށިގެންދާނެކަމަށެވެ.

ހއ. ހޯރަފުއްޓާއި މ. މުލި އަދި ގދ. ފަރެސްމާތޮޑާގައި ހަދާ އެއާޕޯޓްތައް ނިންމުމަށް މިއަހަރު މަސައްކަތްކުރަމުންދާކަމަށް ރައީސް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގެ 6 ރަށެއް އެއާޕޯޓުތައް ތަރައްގީކުރެވޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ، ގައުމީ ތަރައްގީއާ ގުޅިފައިވާ އެންމެ މުހިންމުއެއް ކަމަކީ ފަސޭހަ ދަތުރުދަތުރު ނިޒާމެއް ކަމަށާ ކަނޑުމަގުންނާއި ވައިގެ މަގުން ދަތުރުކުރެވޭނެ އިތުބާރުހުރި ދަތުރުފަތުރު ނިޒާމެއް ގާއިމުކުރައްވާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355