twitterviber whatsapp telegramfacebookyoutube instagram
26th April 2024

ރާއްޖޭން ކޮރޯނާ ވައިރަހަށް ޓެސްޓު ކުރި އެންމެން ނެގެޓިވް: ރައީސް

ޚަދީޖާ އާދަމް
Feb 3, 2020

ޗައިނާގެ ވޫހާންގައި އުފަންވެ ދުނިޔޭގެ ކަންކޮޅުތަކަށް މިހާރު ފެތުރިފައިވާ ނޮވެލް ކޮރޯނާވައިރަހަކީ ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު މިއަދު ދެއްވި ރިޔާސީ ބަޔާނުގަ އެވެ. ރައީސް ވިދާޅުވީ ރާއްޖޭން ކޮރޯނާ ވައިރަަށް ޓެސްޓުގެ ކުރި އެކަކުވެސް ޕޮސިޓިވްވެފައި ނުވާކަމަށެވެ.

ޗައިނާއިން ރާއްޖެއަށް ކުރާ ސީދާދަތުރުތައް ޖެނުއަރީ 30 ވަނަ ދުވަހު ހުއްޓާލާފައިވާއިރު ޗައިނާއިން ރާއްޖެއަށް މީހުން އެތެރެވުން އިއްޔެ ވަނީ މަނާކުރައްވާފައެވެ.

މި ވައިރަސްގެ ސަބަބުން ޓުރިޒަމަށް ހިޔަނި އެޅިފައިވާކަމަށާއި އެހެން ވުމުގެ ސަބަބުން މި އަހަރު ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ލަފާކުރެވުނު ޓޫރިޒަމް ދާއިރާ މި ގޮންޖެހުމުން ސަލާމަތްވުމަށް ދުނިޔޭގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުމަށް ވަރަށް ގިނަ މަސައްކަތްތެކެއް ކުރަން ޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މިހާތަނަށް 13،287 ބުކިން ވަނީ ކެންސަލްވެފަ އެވެ.

ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އަހަރެއްގެ ތެރޭގައި 1.5 މިލިއަން ޓުރިސްޓުން ޒިޔާރަތްކުރީ މިދިއަ އަހަރެވެ. އަހަރު ނިމުނު އިރު 1.7 މިލިއަން ޓޫރިސްޓުން ރާއްޖެ އަ އެވެ. އެއއޭގެ ކުރީ އަހަރަށް ވުރެ 14 ޕަސެންޓްގެ ކުރިއެރުމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކާރުން ރާއްޖޭގެ ޓޫރިޒަމްގެ ކުރިއެރުމަށް ދެކެމުން އަންނަ އުއްމީދުތައް އެގޮތުގައި އޮންނާނެ ކަމަށް އިޝާރަތްކުރެއްވި އެވެ. އެގޮތުން 2021 ނިމުމުގެ ކުރިން ރާއްޖެއަށް 2.1 މިލިއަން ޓޫރިސްޓުން ގެންނާނެ ކަމަށް ވިދާޅުވި އެވެ. އޭގެ ފަހުން، މަސައްކަތަކަށް ވާނީ އެމަނިކުފާނުގެ ރިޔާސީ ދައުރުގެ ދެން ބާކީ އޮތް ދެ އަހަރު، ކޮންމެ އަހަރަކު 2.5 މިލިއަން ޓޫރިސްޓުން ގެނައުން ކަމަށް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355