twitterviber whatsapp telegramfacebookyoutube instagram
26th April 2024

ރަށްރަށުން މިހާރުވެސް ލިބޭ އެންމެ ބޮޑު ޝަކުވާއަކީ ރައްކާތެރިގޮތުގައި ކުނި ނައްތާލެވެން ނެތުންކަމަށް ރައީސް ވިދާޅުވެއްޖެ

އަބްދުލް ވާހިދު ޙަސަން
Feb 3, 2020
1

ރަށްރަށުން މިހާރުވެސް ލިބޭ އެންމެ ބޮޑު ޝަކުވާއަކީ ރައްކާތެރިގޮތުގައި ކުނި ނައްތާލެވެން ނެތުންކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލިސް މިއަހަރަށް ހުޅުވަދެއްވަމުން އިއްވި ރިޔާސީ ބަޔާނުގައި، ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ، މިއަހަރުގެ އެންމެ ބޮޑު އެއް އަމާޒަކީ ރައްކާތެރިގޮތުގައި ކުނިނައްތާލަން އެކަށީގެންވާ ހައްލެއް ހޯދައިދިނުން ކަމަށެވެ.

ރައީސް ވިދާޅުވީ، އެގޮތުން ގައުމީ ފެންވަރުގައި އިތުބާރު ހިފޭ ކުނި މެނޭޖުކުރުމުގެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ރާއްޖޭގެ ތިން ސަރަހައްދެއްގައި ފެށިގެން މިހާރު ކުރަމުންދާ ކަމަށެވެ.

ކުންޏަކީ އާމުދަނީ ލިބޭ ވަސީލަތަކަށް ހެދުމުގެ ސިޔާސަތުގެ ދަށުން ކުނިން ހަކަތަ އުފެއްދުމަށް ތިލަފުށީގައި މިހާރު ފަށާފައިވާ 169 މިލިއަން ޑޮލަރުގެ މަޝްރޫއު ނިމުމުން 8 މެގަވޯޓްގެ ކަރަންޓް މާލޭގެ އިންޖީނުގެއާ ގުޅާލެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އަދި ހަމަ 28 މިލިއަން ޑޮލަރަށް އައްޑޫގައި ގާއިމުކުރާ ކުނިން ހަކަތަ އުފައްދާ ޕްލާންޓް ނިމުމުން 1 މެގަވޯޓްގެ ކަރަންޓް އައްޑޫގެ އިންޖީނުގެ އާ ގުޅާލެވޭނެކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ފަރުތަކާއި ކަނޑުގެ ދިރުންތަކުގެ އެންމެ ބޮޑު ދުޝްމަންކަން މިއަދު ކޮންމެ ދިވެހި ފަރުދަކު ޤަބޫލުކުރާނެކަމަށާ ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމުގެ ގޮތުން، ރާއްޖެއަކީ އެއްފަހަރު ބޭނުކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް، ބޭނުންނުކުރާ ޤައުމަކަށް ހެދުމަށް އެކުލަވައިލާ ޕްލޭނަށް، މިއަހަރު އަމަލުކުރަން ފަށާނެކަމަށް ރައީސް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355