twitterviber whatsapp telegramfacebookyoutube instagram
25th April 2024

މިދިޔަ އަހަރު ގެނެވުނު އެންމެ ހެޔޮ ބަދަލަކީ، ހަގީގީ ލާމަރުކަޒީ ނިޒާމަކަށް ދިޔުން: ރައީސް

އަބްދުލް ވާހިދު ޙަސަން
Feb 3, 2020

މިދިޔަ އަހަރު ދައުލަތް ހިންގުމަށް ގެނެވުނު އެންމެ ހެޔޮ ބަދަލަކީ ހަޤީޤީ ލާމަރުކަޒީ ނިޒާމަކަށް އެނބުރި ދިޔުމުގެ މަސައްކަތް ފެށުން ކަމުގައި ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީސް މިއަހަރަށް ހުޅުއްވައިދެއްވަމުން ރައީސުލް ޖުމްހޫރިއްޔާ އިއްވި ރިޔާސީ ބަޔާނުގައި ވިދާޅުވީ، ގާނޫނީ ގޮތުން ކައުންސިލްތައް ބާރުވެރިކޮށް، ކައުންސިލްތަކަށް ދެވުނު ބޮޑު ބަޖެޓާއެކު ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ޒިންމާ ކައުންސިލްތަކާ މިހާރު މަތިކުރެވިފައިވާކަމަށެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ވަކި އަދަދަކަށް އަންހެނުން އިންތިޚާބުކުރަންޖެހޭ ގޮތަށް ހަމަޖެހުންކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޙާރިޖީ ދާއިރާއަށް ބަލާއިރު، މިދިޔަ އަހަރަކީ ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު ބައިނަލްއަގްވާމީ އާއިލާގެ ތެރެއަށް ރާއްޖެއަށް އަލުން ވަދެވުނު އަހަރެއް ކަމަށެވެ. އަދި މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އަވައްޓެރި އަދި ރަހުމަތްތެރި ޤައުމުތަކާ އެކު ތަފާތު ދާއިރާތަކުން އެއްބަސްވުންތައް ޤާއިމުކުރެވި، ތައުލީމީ ފުރުސަތުތަކާއި މާލީ އެހީތެރިކަމާއި ދަތުރުފަތުރުކުރުމުގެ އެތައް ލުއިފަސޭހަތަކެއް ލިބިއްޖެކަމަށް ރައީސް ވިދާޅުވި އެވެ.

އިންޑިޔާ، ރަޝިޔާ، ތައިލޭންޑް އަދި ޔޫއޭއީއަށް ވިސާއާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭނެ އިންތިޒާމު މިހާރުވަނީ ހަމަޖެހިފައިކަމަށާ އޭގެ އިތުރުން މޮރޮކޯ އާއި ޗައިނާއަށް ދަތުރުކުރުމުގައިވެސް ވަރަށް އަވަހަށް އެ ލުއިފަސޭހަތައް ލިބޭނެކަމަށް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖެއާއި ޖަރުމަނު ސަރުކާރާ ގުޅިގެން، ޝެންގަން ވިސާ ހޯދުމުގައި ދިވެހިންނަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށް ރާއްޖޭގައި ވިސާ އެޕްލިކޭޝަން ސެންޓަރެއް އަންނަ މާރޗްމަހުގައި ގާއިމްކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355