ޖެންޑާ މިނިސްޓަރުގެ މަގާމުން ޝިދާތާ ޝަރީފް މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް އައިޝަތު މުހައްމަދު ދީދީ އައްޔަނުކުރަން ނިންމަވައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެ އިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޝިދާތާގެ އިސްތިއުފާ ދެއްވި ކަމުގެ ސިޓީ މިއަދު ލިބިވަޑައިގެންފައިވާކަމަށެވެ.
އަދި ޝިދާތާގެ އިސްތިއުފާ ގަބޫލުކުރައްވާފައި ކަމަށާއި، މިނިސްޓަރުގެ މަގާމުގައި ހުންނެވި ދުވަސްތަކުގައި ކޮށްދެއްވި ހިދުމަތަށް ޝުކުރު އަދާކުރައްވާކަމަށް ރައީސް ވިދާޅުވި އެވެ.
Today, I have received the resignation of Shidhatha Shareef as Minister of Gender, Family & Social Services. I thank her for her service. I have also decided to appoint Aishath Mohamed Didi presently our Ambassador in New Delhi as the Minister of Gender, Family and Soc. Services.
— Ibrahim Mohamed Solih (@ibusolih) February 6, 2020
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، ޝިދާތާގެ އިސްތިއުފާއާ ގުޅިގެން، ޖެންޑާ މިނިސްޓަރުގެ މަގާމަށް މިވަގުތު އިންޑިއާގައި ހުންނަވާ ރާއްޖޭގެ ސަފީރު އައިޝަތު މުހައްމަދު ދީދީ އައްޔަނުކުރަން ނިންމަވާފައިވާ ކަމަށެވެ.