twitterviber whatsapp telegramfacebookyoutube instagram
29th March 2024

މިިނިސްޓަރުކަމުން ޝިދާތާ އިސްތިއުފާ ދެއްވުމަކީ ހިތްވަރުގަދަ އަމަލެއް: އަދާލަތު

ޚަދީޖާ އާދަމް
Feb 9, 2020

ޖެންޑާ މިނިސްޓަރުކަމުން ޝިދާތާ ޝަރީފް އިސްތިއުފާދެއްވުމަކީ ހިތްވަރުގަދަ އަމަލެއް ކަމަށް އޭނާ ނިސްބަތްވާ އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.

ޖެންޑާ މިނިސްޓަރުކަމުން ޝިދާތާ ޝަރީފް އިސްތިއުފާދެއްވުމަކީ ހިތްވަރުގަދަ އަމަލެއް ކަމަށް އޭނާ ނިސްބަތްވާ އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ސްލޮޓެއްގައި ޖެންޑާ މިނިސްޓަރު ކަމަށް އައްޔަންކުރެއްވި ޝިދާތާ އެ މަގާމުން އިސްތިއުފާ ދިނީ މިދިޔަ ބުރާސްފަތި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީވާ މީހެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ އަހުމަދު ހިޝާނަށް ކުރެވޭ ޖިންސީ ތުހުމަތުތައް ޖެންޑާ މިނިސްޓްރީ އަށް އެނގޭއިރު ވެސް އެކަމުގައި އިހުމާލުވިކަމުގެ އަޑުތަކާ އެކު، ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ.

އަދާލަތުން ނެރުނު ބަޔާނެއްގައި ބުނީ ޝިދާތާ އިސްތިއުފާދެއްވި ދެއްވުން އެޕާޓީން ބަލައިގަންނަނީ ވަރަށް ހިތްވަރުގަދަ އަމަލެއްގެ ގޮތުގައި ކަމަށެވެ. އަދި ޕާޓީއަށާއި ކޮށްދެއްވި އަގުހުރި ހިދުމަތްތަކާއި ވެވަޑައިގެންނެވި ގުރުބާން މިނެކިރޭވަރަށް ވުރެ ބޮޑު ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

މީގެ އިތުރުން އެ ޕާޓީން ބުނީ ޝިދާތާ އިސްތިއުފާ ދެއްވުމަކީ ޖެންޑާ މިނިސްޓްރީގެ އިތުބާރު ދަމަހައްޓަން ދެއްވި ފުރުސަތެއް ކަމަށާއި އަންހެނުންނާއި ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ މައްސަލަތައް ހައްލުކުރަން އޭނާ ބުރަކޮށް މަސަައްކަތްކުރައްވަައި، އެޅުއްވި ފިޔަވަޅުތައް ކާމިޔާބު ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

އަދި އޭނާއަކީ މިނިސްޓަރުކަމަށް ވަޑައިގެންނެވުމުގެ ކުރިންނާއި މިނިސްޓަރުކަމުގައި ހުންނަވައިގެން ވެސް ރައްޔިތުންގެ ހާލު ބައްލަވައި، އެހީތެރިކަން ފޯރުކޮށްދެއްވުމުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅެއްކަމަށްވެސް އެޕާޓީން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355