ސްވިމިންގ އެސޯސިއޭޝަނާއި ހއ.ދިއްދޫ ސްވިމިންގ ކޮމިޔުނިޓީން އިސް ނަގައިގެން ހއ.ދިއްދޫގައި ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފަށައިފިއެވެ.
މާލެ ފިޔަވާ ރާއްޖޭގެ އެހެން ރަށެއްގައި ސްވިމިންގ ސޯސިއޭޝަނުގެ ދަށުން ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ފެށި މިއީ ފުރަތަމަ ފަހަރުކަމަށް އެ އެސޯޝިއޭޝަނުން ބުނެއެވެ.
14 ކޯޗުންގެ އެހީތެރިކަމާއިއެކު ފެށި މި ޕްރޮގްރާމްގައި 40 ފެތުންތެރިން ވަނީ މިހާތަނަށް ބައިވެރިވެފައިކަމާއި މި ޕްރޮގްރާމަކީ ސްވިމިންގ ކުރިއެރުވުމަށް ބިގިނަރ ލެވެލް އިން ފެށިގެން ސްކޮޑް ލެވެލް އަށް ފެތުންތެރިން ގެންދިޔުމަށް އަމާޒުކޮށްގެން ހިންގޭ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ ފަރިތަކުރުންތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހއ.ދިއްދޫގައި ސަރުކާރުން އަޅުއްވައިދެއްވި ފްލޯޓިންގ ސްވިމިންގ ޕްލެޓްފޯރމް ސަރަހައްދުގައެވެ.
މިނިސްޓްރީ އޮފް ޔޫތު ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި އެ އެސޯސިއޭޝަނާއި ގުޅިގެން ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްވިމިންގ ޕްލެޓްފޯރމްތައް ގާއިމްކޮށްފައިވާ އަދި މިހާރުވެސް ކުރަމުންދާ ރަށްރަށަށް އަމާޒުކޮށްގެން ބީ.އެމް.އެލްގެ އެހީތެރިކަމާއިއެކު ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ފެއްޓުމަށް ވަނީ ހަމަޖެހިފައެވެ.
ވާދަވެރި ފެތުންތެރިން އުފެއްދުމަށް ބޭނުންވާ ފެތުމުގެ ބޭސިކް ސްވިމިންގ ކޯސް ކޯޗުން ތަމްރީނުކުރުމުގެ ސްވިމިންގ ކޯޗިންގ ބޭސިކް ޕުރޮގުރާމެއް ފެށިގެން ކުޅުދުއްފުށީ ސިޓީގައި ވެސް މިހާރު ކުރިއަށް އެބަ ގެންދެ އެވެ.