twitterviber whatsapp telegramfacebookyoutube instagram
14th April 2026

ދިވެހިން އުމްރާއަށް ދާން ވިސާ ނަގަން ނުޖެހޭ ގޮތަށް ހަދައިފި

Feb 12, 2020

އުމްރާއަށް ދާ ދިވެހިންނަށް ސައުދީ އަރަބިއްޔާގެ ވިސާ ކުރިން ހޯދުމާކާ ނުލާ އޮންއެރައިވަލް ވިސާ ލިބޭނެ ގޮތް ހަދައިފި އެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ވިދާޅުވީ ސައުދީއަށް ޓޫރިސްޓުންގެ ގޮތުގައި ދާ ދިވެހިންނާއި އުމްރާވެރިންނަށް އޮންއެރަވައިވަލް ވިސާ ހަމަޖެހޭނެކަން ސަރުކާރަށް އެ ގައުމުން އަންގާފައިވާ ކަމަށެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ، ސައުދީ ސަރުކާރުގެ މިނިންމުމަކީ އެގައުމަށް ދަތުރުކުރާ ދިވެހިންނަށް އެތަކެއް ލުއިފަސޭހަތަކެއް ލިބިގެންދާނެކަމެއްކަމަށެވެ.

އަދި މިއީ ވަރަށް ގިނަ ދިވެހިން އެދެމުން ދިޔަކަމެއް ކަމަށާ މިކަމުން ދައްކައިދެނީ ދިވެހިރާއްޖެއާއި ސައުދީ ޢަރަބިއްޔާ އާއި ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތް އަޚުވަންތަ ގުޅުމާއި، ސަޢުދީ ލީޑަރޝިޕުން ދިވެހި ރައްޔިތުންނަށާއި މިހާރުގެ ސަރުކާރަށް ބަހައްޓަވާ ހާއްސަ އަހައްމިޔަތުކަންކަމަށް ފާހަގަކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355