twitterviber whatsapp telegramfacebookyoutube instagram
9th July 2026

އަހަރީ ފީ ނުދައްކާ ބައެއް ކުންފުނިތައް އުވާލައިފި

Feb 13, 2020

އަހަރީ ފީ ނުދައްކައިގެން އިކޮނޮމިކް މިނިސްޓްރީން 35 ކުންފުންޏެއް މިހާތަނަށް އުވާލައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި އެ ކުންފުނިތައް އުވާލާފައިވަނީ އަމިއްލަ ވިޔަފާރީގެ ގާނޫނުގެ ދަށުންކަމަށެވެ. އެ މިނިސްޓްރީން ނެރެފައިވާ ލިސްޓްގައި އުވާލާފައިވާ 35 ކުންފުންޏެއް ހިމެނެ އެވެ. އެއީ 2015 ވަނަ އަހަރުގެ ފަހުން ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކެވެ.

މިދިޔަ އަހަރު ސަރުކާރުން ވަނީ 1597 ކުންފުންޏެއް އުވާލަން ނިންމާފައެވެ. އަދި އެކި ފަހަރު މަތިން އިކޮނޮމިކް މިނިސްޓްރީން ވަނީ މިދިޔަ އަހަރު މުއާމަލާތްނުކުރާ ކުންފުނިތައް އުވާލުމަށް ނިންމާ ލިސްޓުތަކެއް އާންމުކޮށްފައެވެ.

ފާއިތުވި 22 އަހަރުގެ ތެރޭގައި އަހަރީ ފީ ނުދައްކާ ކުންފުނިތަކާއި އަހަރީ ހިސާބުތަކާއި ޑިރެކްޓަރުންގެ އަހަރީ ރިޕޯޓާއި އޮޑިޓަރުންގެ ރިޕޯޓް ހުށަނާޅާ ކުންފުނިތަކުގެ އަދަދު 7000 އަށްވުރެ މައްޗަށް އަރާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355