twitterviber whatsapp telegramfacebookyoutube instagram
27th April 2024

އެވިޑް ކޮލެޖް ތިނަދޫ ކެމްޕަހުގެ ކޯސްތައް ފަށަން ތައްޔާރު ވެއްޖެ

Feb 13, 2020

މި އަހަރުގެ ފުރަތަމަ ސެމެސްޓަރގައި އެވިޑް ކޮލެޖް ތިނަދޫ ކެމްޕަހުގައި ހިންގަމުންގެންދާ ކޯސްތައް ފަށަން ތައްޔާރުވެ އަލަށް ބައިވެރިވި ދަރިވަރުންނަށް މަރުހަބާކިޔާ އޮރިއެންޓޭޝަން ދިނުމަށްޓަކައި ރަސްމިއްޔާތު ބާއްވައިފިއެވެ.

މިއަދުގެ ހަވީރުގެ ގދ. ތިނަދޫގައި ހުންނަ އެވިޑް ކޮލެޖްގެ އުލޫމިއްޔާ ކެމްޕަހުގައި ބޭއްވި މިރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ އެވިޑް ކޮލެޖްގެ ބާނީ އަބްދުﷲ މުސްތާގް ރަޝާދެވެ. އަދި ކޮލެޖްގެ އިސްބައެއް ފަރާތްތަކުން މިރަސްމިއްޔާތުގައި ބައިވެރިވި އެވެ.

އެވިޑް ކޮލެޖުން ބުނީ މިއަހަރުގެ މި ފަށާ ކޯސްތަކާއި އެކު 12 ކޯހެއް އެ ކޮލެޖްގެ ތިނަދޫ ކެމްޕަހުގައި ކުރިއަށްދާނެ ކަމަށާއި ދުއިސައްތަ އަށް ވުރެން ގިނަ ދަރިވަރުން މި ކޯސްތަކުގައި މަތީ ތައުލީމު ހާސިލް ކުރަމުންދާ ކަމަށެވެ.

ތިނަދޫ ކެމްޕަހުގައި އެވިޑް ކޮލެޖުން ހިންގަމުންގެންދާ ކޯސްތަކުގެތެރޭގައި މާސްޓަރ އޮފް އެޑިޔުކޭޝަން ، މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން، އެސޯސިއޭޓް ޑިގްރީ އިން ހިއުމަން ރިސޯރސް މެނޭޖްމެންޓް، ޑިޕްލޮމާއިން ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޑިިޕްލޮމާ އިން އޮފީސް މެނޭޖްމެންޓް، ޑިޕްލޮމާއިން ސައިކޮލޮޖީ، ޑިޕްލޮމާއިން ކައުންސެލިންގ، ޑިޕްލޮމާއިން ޝަރީއާ އެންޑް ލޯ، ޑިޕްލޮމާއިން ޕްރައިމަރީ ޓީޗިންގ، ޑިޕްލޮމާ އިން އާރލީ ޗައިލްޑްހުޑް އެޑިޔުކޭޝަން، ސެޓްފިކެޓް ފޯރ އިން ފައުންޑޭޝަން ސްޓަޑީޒް، ސެޓްފިކެޓް 3 އިން ހިއުމަން ރިސޯރސް މެނޭޖްމެންޓް ކޯސް ހިމެނޭ ކަމަށް އެ ކޮލެޖުން ބުނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެވިޑް ކޮލެޖްގެ ބާނީ މުސްތާގް ރަޝާދު ވިދާޅުވިގޮތުގައި އެވިޑް ކޮލެޖްގެ މާލޭ ކެމްޕަސްތަކުގައި ހިންގާ ހުރިހާ ޕްރޮގްރާމެއް ތިނަދޫ ކެމްޕަހުގައިވެސް ހިންގޭނެ ކަމަށާއި ބޭނުންވާ ޕްރޮގްރާމްތަކަށް ތިނަދޫގެ މީހުންނާއި އަތޮޅުގެ އެހެން ރަށްރަށުގެ މީހުންނަށް އެދުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355