twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކުޅުދުއްފުށީ ކައުންސިލްގެ ޤުރުއާން މުބާރާތް އަމަތުﷲ ކާމިޔާބުކޮށްފި

އަބްދުލް ވާހިދު ޙަސަން
Feb 23, 2020
3

ކުޅުދުއްފުށީ ކައުންސިލްގެ ޤުރުއާން މުބާރާތުގެ ފަހުރުވެރި އެއްވަނަ އަމަތުﷲ އަލީ ހޯދައިފި އެވެ.

ނޮޅިވަރަމަށް އުފަން އަމަތުﷲ ދެ ގޮފި އެއްކޮށް މުޅި މުބާރާތުން އެއްވަނަ ހޯދީ 118 ދަރިވަރުންނާ ވާދަކޮށް ކުރި ހޯދައިގެންނެވެ. އޭނާ ވަނީ 94 މާކްސް ހޯދާފަ އެވެ.

އަމަތުﷲ އާއި އެންމެ ގާތްކޮށް މުބާރާތުން ދެވަނަ ހާސިލްކުރީ 93.5 މާކްސްއާއެކު، ކުޅުދުއްފުށީ، އައިލެންޑްވިލާ/ އިބުރާހިމް މަލްސޫން މުހައްމަދެވެ. ދެ ގޮފި އެއްކޮށް ތިންވަނަ ކާމިޔާބުކުރީ ކުޅުދުއްފުށީ، ކާޕެންޓްރީ/ ލަޔާލް އަބުދުﷲ އިބުރާހިމެވެ. އެ ދަރިވަރު 91 މާކްސް ހޯދި އެވެ.

ނުބަލައި ކިޔެވި ގޮފީގެ ނަތީޖާ:

  • އެއްވަނަ: އަހުމަދު އަޠޫފު މުހައްމަދު، ފަސްތަރި/ ކުޅުދުއްފުށި
  • ދެވަނަ: އާމިނަތު އިބާ އާދަމް، ދަނބުގެ/ އިހަވަންދޫ
  • ތިންވަނަ: އަޒްކާ އާރިފް އަލީ، ނަންރީތިގެ/ ކުޅުދުއްފުށި
  • ތިންވަނަ: އައިޝަތު ލީން ނާޒިމް، ޖިފުޑި/ ކުޅުދުއްފުށި

ބަލައިގެން ކިޔެވި ގޮފީގެ ނަތީޖާ:

  • އެއްވަނަ: އަމަތުﷲ އަލީ، ޝަބާބު/ ނޮޅިވަރަމް
  • ދެވަނަ: އިބުރާހިމް މަލްސޫން މުހައްމަދު، އައިލެންޑްވިލާ/ ކުޅުދުއްފުށި
  • ތިންވަނަ: ލަޔާލް އަބުދުﷲ އިބުރާހިމް، ކާޕެންޓްރީ/ ކުޅުދުއްފުށި

އެކި އުމުރުފުރާތަކުން ވަނަތަކަށް ދިޔަ ދަރިވަރުން ހޮވައި އެ ދަރިވަރުންނަށްވެސް ވަނީ ޓްރޮފީ ހަވާލުކޮށްދީފަ އެވެ. މި މުބާރާތުގައި އަތޮޅު މުބާރާތުގައި ކުޅުދުއްފުށިން ވާދަކުރާނެ 16 ދަރިވަރުންވެސް ވަނީ ހޮވާފަ އެވެ.

އަތޮޅު މުބާރާތުގައި ކުޅުދުއްފުށިން ވާދަކުރާ ދަރިވަރުން:

  • އަތޮޅު މުބާރާތުގައި ކުޅުދުއްފުށިން ވާދަކުރާ ދަރިވަރުން:
  • އަހުމަދު އަތޫފު މުހައްމަދު، ފަސްތަރި
  • އާމިނަތު އިބާ އާދަމް، ދަނބުގެ/ އިހަވަންދޫ
  • ސަމާޙާ އަބުދުއްސައްތާރު، ދަނޑުމަތީގެ
  • މުހައްމަދު ހާޝިއު ހަސަން، ފިނިވާގެ
  • އައިޝަތު ޙަނާން ހަސަން، އަލްބިޔާ
  • އަހުމަދު ޝިބާން ހަސަން، ފިނިވާގެ
  • އަޒްކާ އާރިފް އަލީ، ނަންރީތިގެ
  • އައިޝަތު ލީން ނާޒިމް، ޖިފުޑި
  • ލީމް ޒައިދު، މާފޮޅޭގެ/ ށ ބިލެތްފަހި
  • ވިޝާޔާ ބިންތު މުހައްމަދު ވަސީމް، ރޯޒަރީ/ ހދ ނެއްލައިދޫ
  • ލަޔާލް އަބުދުﷲ އިބުރާހިމް، ކާޕެންޓްރީ
  • ހައްވާ ޔަޝްފީ މުހައްމަދު، މާގަސްދޮށުގެ/ ހއ މުރައިދޫ
  • އަމަތުﷲ އަލީ، ޝަބާބު/ނޮޅިވަރަމް
  • ހައްވާ ލަޔާން ފަޟީލް، ދޫރެސް/ އއ ތޮއްޑޫ
  • އިބުރާހިމް މަލްސޫން މުހައްމަދު، އައިލެންޑްވިލާ
  • ހުސެއިން ޔާނިމް، ރައުޟޯ/ ހދ ނެއްލައިދޫ

މި މުބާރާތުގައި ހާއްސަ ވަނަތަކަށް ދިޔަ ދަރިވަރުންނަށް ޓްރޮފީ އާއި ފައިސާގެ އިނާމު ހަވާލުކޮށްދެއްވީ ޝެއިހް އަކުރަމް ހުސެއިނެވެ. މިއީ ކޮންމެ އަހަރު އެއްފަހަރު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ މުބާރާތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355