twitterviber whatsapp telegramfacebookyoutube instagram
20th April 2024

ޑެފް ކޮމިއުނިޓީއަށް ފަސޭހަކަމާއެކު ހިދުމަތް ފޯރުކޮށްދިނުމަށް އުރީދޫއިން ހާއްސަ ޕެކޭޖެއް

ޚަދީޖާ އާދަމް
Feb 26, 2020

ޑެފް ކޮމިއުނިޓީއިން ފަސޭހަކަމާއެކު ހިދުމަތް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން ވީޑިއޯ ކޯލް ހޮޓްލައިންއަކާއި އެކު ހިލޭ ވަޓްސްއެޕް އަދި ވައިބަރ ވީޑިއޯ ކޯލްސް ކުރެވޭ ޕޯސްޓްޕެއިޑް ޕެކޭޖްތަކެއް ތައާރަފްކޮށްފި އެވެ.

"މަށާއެކު" ގެ ނަމުގައި ނެރުނު މި ޕެކޭޖު ތައާރަފުކޮށް ދިނީ އުރީދޫ މޯލްޑިވްސްގެ ހެޑްކުއަރޓާރސްގައި ބޭއްވުނު ހާއްސަ ހަފްލާގައި މޯލްޑިވްސް ޑެފް އެސޯސިއޭޝަންގެ އެޑްމިނިސްޓްރޭޓިވް ޑިރެކްޓަރ، އަހުސަން އަބަދުއް ރަހްމާން އަދި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާރޝަލް އޮފިސަރ ހުސެއިން ނިޔާޒްއެވެ.

އިންޓަނެޓް މެދުވެރިކޮށް އެކަކު އަނެކަކާ މުއާމަލާތް ކުރުމަށް ޑެފް ކޮމިއުނިޓީ ތެރޭގައި އެންމެ ގިނައިން ބޭނުންކުރެވެނީ ވީޑިއޯ މެސެޖާއި ވީޑިއޯ ކޯލްސް ކަމުން އަޑު އިވުމުން މަހްރޫމް ވެފައިވާ ބޭފުޅުންނަށް އިތުރު ޑޭޓާ ބޭނުންކުރަންޖެހެއެވެ. "މަށާއެކު" ޕެކޭޖަކީ މި ގޮންޖެހުންތައް ދެނެގަނެ ފަސޭހަ ކަމާއެކު މުއާމަލާތު ކުރުމަށް އުފެއްދުނު ޕެކޭޖެކެވެ. މި ޕެކޭޖްގެ ތެރެއިން ކަސްޓަމަރުންނަށް އެކު ޕޯސްޓްޕެއިޑް ގެ އެކުލެވިފައި ފައިދާތަކުގެ އިތުރުން ވައިބަރ އަދި ވަޓްސްއަޕް މެދުވެރިކޮށް ވިޑިއޯ ކޯލްސް މުޅިން ހިލޭކުރެވޭނެއެވެ. މަށާއެކު ޕޯސްޓްޕެއިޑްއަކީ މާކެޓުގައި މިހާރު އެންމެ ބޮޑު އެލަވަންސްއެއް ލިބޭ ޕޯސްޓްޕެއިޑް ޕެކޭޖްތަކެވެ.

މީގެ އިތުރުން އުރީދޫ މޯލްޑިވްސްއިން މޯލްޑިވްސް ޑެފް އެސޯސިއޭޝަން އާއި ގުޅިގެން އަޑުއެހުމުގެ ދަތިކަން ކުރިމަތިވެފައިވާ ކަސްޓަމަރުންނަށް އުރީދޫގެ ހިދުމަތްތަކުގެ މައުލޫމާތު ހޯދަން ފަސޭހަކޮށްދީ އުރީދޫ އާއި ކަސްޓަމަރުންގެ ގުޅުން އިތުރަށް ދެމެހެއްޓުމަށްޓަކައި އުރީދޫ ކަސްޓަމަރ ސާރވިސްގެ 15 މުވައްޒަފުން ބޭސިކް ސައިން ލެންގުއެޖްއިން ވަނީ ތަމްރީނު ކުރެވިފައެވެ.

އަދި ސައިން ލެންގުއެޖް ބޭނުން ކުރައްވާ ފަރާތްތަކަށް ކަސްޓަމަރ ކެއަރގެ އެހީތެރިކަން ހޯދުމަށް ހާއްސަ ކުރެވިފައިވާ ވައިބަރ ނަންބަރެއްވެސް (9611929) ވަނީ ގާއިމް ކުރެވިފައެވެ. މި ވައިބަރ ނަންބަރު މެދުވެރިކޮށް ވީޑިއޯ ކޯލް ގެ ޒަރިއްޔާއިން ސައިން ލެންގުއެޖް ބޭނުންކޮށްގެން ކަސްޓަމަރުންނަށް ހިދުމަތް ލިބިގެންދާނެއެވެ.

އުރީދޫގެ މަށާ އެކު ޕެކޭޖް ޑެފް އެސޯސިއޭޝަން މެދުވެރިކޮށް ނެޝަނަލް ސޯޝަލް އެންޑް ޕްރޮޓެކްޝަން އޭޖެންސީ އޮފް މޯލްޑިވްސް ގައި އަޑު އެހުމުގެ ދަތިކަން ދިމާވެފައިވާ މީހެއްގެ ގޮތުގައި ރެޖިސްޓަރވެފައިވައި ކޮންމެ ބޭފުޅަކަށްވެސް މި ހިދުމަތަށް އެދިލެއްވޭނެއެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް ހާއްސަ ކުރެވިފައިވާ ވައިބަރ ހޮޓްލައިން ނަންބަރުން ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާއި ހަމައަށް، ހެދުނު 8:30 އިން ހަވީރު 4:30 އަށް ޚިދުމަތް ލިބިލައްވާނެއެވެ.

އުރީދޫ މަށާއެކު ޕްލޭން މިހާރު ޑެފް އެސޯސިއޭޝަން ގައި ރެޖިސްޓަރ ކުރައްވާފައިވާ ހުރިހާ ބޭފުޅުންނަށް ވަނީ ހުޅުވާލެވިފަ އެވެ. އަދި މިހާރުން ފެށިގެން އުރީދޫގެ ހުރިހާ އައުޓްލެޓަކުން މި ހިދުމަތް ލިބިގެންދާނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355