އުރީދޫ ގުޅިގެން، އޮޕޯ އިން ރާއްޖޭގައި މުޅިން އަލަށް، އެކުންފުނީގެ ސަމާރޓްފޯނުތަށް ރަސްމީކޮށް ލޯންޗުކޮށްފިއެވެ.
މިއަދު ރާއްޖޭގައި ތައާރަފްކުރެވުނު ފޯނުތަކުގެ ތެރޭގައި އޮޕޯ ރެނޯ2 އެފް، އޮޕޯ އޭ1ކޭ އަދި އޮޕޯ އޭ5 2020 ހިމެނެއެވެ. ރާއްޖޭގެ މާކެޓުގައި، އެންމެ ފުރިހަމަ އަގުގައި އޮޕޯގެ މި އައު ފޯނުތައް އުރީދޫއިން ލިބެންހުރިއިރު ކަސްޓަމަރުންނަށް ފޯނު ބައްލަވައިގަތުން އިތުރަށް ފަސޭހަކޮށްދިނުމަށް ވަރަށް ހާއްސަ ޕްލޭންތަކެއްވެސްވަނީ ތައާރަފްކޮށްފައެވެ.
މި އޮފަރގެ ތެރެއިން ބައްލަވައިގަންނަވާ ކޮންމެ ރެނޯ2 އެފްް ފޯނަކާއި އެކު ސޯޝަލް މީޑިއާއަށް ހާއްސަ 2 ޖީބީ ހިލޭ ޑޭޓާގެ އިތުރުން ޖޭބީއެލް ޓިއުން 115ބީޓީ ގެ ވައަރލެސް ހެޑްސެޓެއްވެސް މުޅިން ހިލޭ ލިބިގެންދާނެއެވެ. އަދި ބައްލަވައިގަންނަވާ ކޮންމެ އޮޕޯ އޭ1ކޭ އަދި އޮޕޯ އޭ5 2020 ފޯނަކާއެކު ސޯޝަލް މީޑިއާއަށް ހާއްސަ 1 ޖީބީ ހިލޭ ޑޭޓާ ލިބިގެންދާނެއެވެ.
އެގޮތުން ފުލް ޕޭމެންޓް ޕްލޭން މެދުވެރިކޮށް އުރީދޫ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް އެންމެ ރަނގަޅު އަގުގައި ހާއްސަ އޮފަރގެ ތެރެއިން ފޯނުތައް ބައްލަވައިގަނެވޭނެއެވެ.
މަހުން މަހަށް ފައިސާ ދައްކާ ޕްލޭންގައި މަހަކު އެންމެ ކުޑަ އަދަދެއްގެ ގޮތުގައި 333 ރުފިޔާ ދައްކަވައިގެން މިއަދު ލޯންޗްކުރެވުނު ފޯންތައް އުރީދޫ ކަސްޓަމަރުންނަށް ބައްލަވައިގަނެވޭނެ 6 މަހުގެ އިންސްޓޯލްމަންޓް ޕެކޭޖްތަކެއްވެސް ވަނީ ފަށާފައެވެ. ފުލް ޕޭމަންޓް ޕްލޭނެކޭ އެއްގޮތަށް އިންސްޓޯލްމަންޓް ޕްލޭންގެ ދަށުން ބައްލަވައިގަންނަވާ ކަސްޓަމަރުންނަށްވެސް ހިލޭ ޑޭޓާ އަދި ރެނޯ ސީރީސްގެ ފޯނާއި އެކު ލިބޭ ޖޭބީއެލް ޓިއުން 115ބީޓީ ގެ ވައަރލެސް ހެޑްސެޓެއްވެސް ލިބިގެންދާނެއެވެ.
ފާއިތުވި 10 އަހަރުގެ ތެރޭގައި ޓެކްނޮލޮޖީގެ އާލާތްތައް އުފައްދާ ކުންފުންޏެއްގެ ގޮތުގައި ބައިނަލްއަގުވާމީ ޓެކްނޮލޮޖީ ދާއިރާގައި ކުރިއެރުން ހޯދާފައިވާ އޮޕޯ ކުންފުނިންވަނީ ފޯނުގެ ފޮޓޯގްރަފީއަށް ހާއްސަ އަހަންމިއްޔަތު ކަމެއްދީގެން އީޖާދީ ސްމާރޓް ފޯނުތަކެއް ނެރެ މީހުންގެ މަގުބޫލުކަން ހޯދާފައެވެ. ހަމަ އެގޮތުން އުރީދޫ މޯލްޑިވްސް އާއި އެކު ރާއްޖެއަށް މިއަދު ތަައާރަފްކުރި އޮޕޯ ފޯނުތަކަކީވެސް ތަފާތު ސްޕެސިފިކޭޝަންތަކާއި އެކު އުފައްދާފައިވާ، ބައްލަވައިގަންނަން ފަސޭހަ އަގުތަކެއްގައި މާކެޓްކުރެވިފައިވާ ފޯނުތަކެކެވެ.
އޮޕޯގެ މި އައު ފޯނުތަށް އުރީދޫގެ އީ ކޮމަރސް ޕްލެޓްފޯރމް މޫލީ މެދުވެރިކޮށް ބައްލަވައިގަނެ ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ގެންގޮސްދެވޭނެއެވެ. މޫލީ މެދުވެރިކޮށް ބައްލަވައިގަތުމަށް: http://ore.do/app އަށް ޒިޔާރަތް ކުރަށްވާށެވެ. އިންސްޓޯލްމަންޓް ޕެކޭޖްއެއް މެދުވެރިކޮށް އޮޕޯގެ ފޯނުތަށް ޙިޔާރުކުރައްވަން ބޭނުންފުޅުވާނަމަ، އުރީދޫ އެކްސްޕީރިއަންސް ސެންޓަރުތަކުން އެހީތެރިކަން ލިބިވަޑައިގަންނަވާނެއެވެ.