twitterviber whatsapp telegramfacebookyoutube instagram
21st April 2025

އުރީދޫން ގެލެކްސީ އެސް20 އަދި އެސް20 ޕްލަސް ޕްރީއޯޑަރއަށް ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
Mar 2, 2020

ސެމްސަންގް އެންމެ ފަހުގެ ގެލެކްސީ އެސް 20 އަދި ގެލެކްސީ އެސް 20+ ރާއްޖެއަށް ތައާރަފުކޮށް އުރީދޫއިން އެ ފޯނުގެ ޕްރީ އޯޑަރަށް ހުޅުވާލައިފި އެވެ.

ޕްރީއޯޑަރު ކުރުމަށް ހުޅުވާލުމުގެ އިތުރުން އުރީދޫއިން ވަނީ ކަސްޓަމަރުންނަށް ފޯނު ލިބުން ފަސޭހަކޮށްދޭ ހާއްސަ ޕްލޭންތަކެއް ވެސް ތައާރަފްކޮށްފައެވެ.

އެންމެ ކުޑަ އަގެއްގެ ގޮތުގައި މަހަކު އެންމެ 1058.33 ރުފިޔާ ދެއްކެވުމަށްފަހު އެންމެފަހުގެ ސެމްސަންގް ގެލެކްސީ އެސް 20 ނެގޭ 12 މަހުގެ އިންސްޓާލްމަންޓް ޕެކޭޖްތަކެއްވެސް ހިމެނެއެވެ. އަދި ސެމްސަންގް ގެލެކްސީ އެސް 20ގެ 128 ޖީބީ ފޯނެއްގެ އަގަކީ 15،499 ރުފިޔާއެވެ. ސެމްސަންގް ގެލެކްސީ އެސް 20+ 128 ޖީބީ ފޯނެއްގެ އަގަކީ 17،199 ރުފިޔާއެވެ.

މި އޮފާގެ ތެރެއިން ގަންނަ ކޮންމެ ސެމްސަންގް ގެލެކްސީ އެސް 20 ސީރީޒް ގެ ފޯނަކާއެކު މިއަހަރުގެ ނިޔަލަށް ކޮންމެ މަހަކު 2020 އެމްބީ ހިލޭ ޑޭޓާ ލިބޭނެ ކަމަށް އުރީދޫއިން ބުނެއެވެ.

މީގެ އިތުރުން ޕްރީ އޯޑަރު ކުރާ ކޮންމެ ސެމްސަންގް ގެލެކްސީ އެސް 20+ އަކާ އެކު ގެލެކްސީ ބަޑްސް ހިލޭ ލިބިގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ.

އުރީދޫ މޯލްޑިވްސް މެދުވެރިކޮށް ސެމްސަންގް ގެލެކްސީ އެސް 20 އަދި ގެލެކްސީ އެސް 20+ ގަތުން ފަސޭހަކޮށްދިނުމުގެ ގޮތުން ހާއްސަ ޕޭމަންޓް ޕްލޭންތަކެއްވެސް ވަނީ ހަމަޖެހިފައެވެ.

މި ޕުލޭންގެ ތެރޭގައި ހިމެނޭ ފުލް ޕޭމަންޓް ޕްލޭން މެދުވެރިކޮށް އުރީދޫގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް އެންމެ ރަނގަޅު އަގުގައި ފޯނުތައް ގަނެވޭއިރު އެ ޕެކޭޖުގެ ދަށުން މަހަކު 2020 އެމްބީ ޑޭޓާ މިއަހަރުގެ ނިޔަލަށް ހިލޭ ލިބިގެންދާނެއެވެ.

މަންތްލީ އިންސްޓޯލްމަންޓް ޕްލޭންގެ ދަށުން ކޮންމެ މަހަކު 1,058.33 ރުފިޔާ 1 އަހަރު ދުވަހުގެ ތެރޭގައި ދައްކައިގެން ސެމްސަންގް ގެލެކްސީ އެސް 20 ބައްލަވައިގަތުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެކަމަށާއި މި ޕްލޭންގެ ދަށުންވެސް ކޮންމެ މަހަކު 2020 އެމްބީ ހިލޭ ޑޭޓާގެ އިތުރުން އީސިމް އަށް ހިލޭ އަޕްގްރޭޑް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫ އެޕްގައި ހިމެނޭ އުރީދޫގެ އީކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް ހިލޭ ޑެލިވަރީއާއި އެކު ސެމްސަންގް ގެލެކްސީ ގެ އާ ޑިވައިސްތަކަށް ޕްރީ އޯޑަރު ކުރެވޭނެ ކަމަށް އުރީދޫއިން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355