twitterviber whatsapp telegramfacebookyoutube instagram
18th April 2024

ވައިރަހުން ރައްކާތެރި ވުމަށް އިތުރު ފިޔަވަޅުތަކެއް އަޅަނީ

ޚަދީޖާ އާދަމް
Mar 3, 2020

ކޮރޯނާ ވައިރަސް ރާއްޖެއަށް އަތުވެދާނެ ކަމުގެ ފުރުސަތު ބޮޑު ކަމަށް ވާތީ ވައިރަހުން ރައްކާތެރިވުމަށް އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

ކަމާބެހޭ އިދާރާތަކުން ގުޅިގެން ވައިރަހުން ރައްކާތެރިވުމަށް އިތުރު ފިޔަވަޅުތަށް އިތުރަށް ފުޅާކޮށް އެޗްޕީއޭ އަދި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ގައުމީ ފެންވަރުގައި ގުޅިގެން ބޮޑެތި މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމާފައިވާކަމަށް އެޗްޕީއޭ އާއި ޑިޒާސްޓާ ސެންޓަރު ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

އަދި މިދުވަސްވަރު ފެތުރެމުންދާ އެހެނިހެން އާއްމު ރޯގާތަކަށް ހާއްސަކުރެވިގެން، އަވަސް ހިދުމަތާއެކު ފްލޫ ކްލިނިކެއް މި ހަފްތާތެރޭ ސެނަހިޔާ ހޮސްޕިޓަލުގައި ގާއިމުކުރެވިގެންދާނެކަމަށްވެސް ބުނެފައިވެ އެވެ.

މީގެ އިތުރުން މިހާރުވެސް ނޭޝަނަލް އެމާޖެންސީ އޮޕަރޭޝަންސް ސެންޓަރެއް ގާއިމްކޮށް، އޭގެ ދަށުން މާލޭގައި ޓްރެވަލް ކްލިނިކެއް ގާއިމުކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށާއި ވައިރަހުން ރައްކާތެރިވުމަށްޓަކައި ހާއްސަކޮށްގެން ބާއްވާ އެމަޖެންސީ ޑްރިލެއް މިއަދު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

އަދި މި ޑްރިލްގެ ތެރެއިން ގޭބީސީއެއްގައި ވައިރަސް އިތުރަށް ފެތުރުން ހުއްޓުވުމަށް އެޅޭނެ ފިޔަވަޅުތަކާއި ކަރަންޓީނު ކުރާނެގޮތުގެ އިރުޝާދު ދެވިގެންދާނެ ކަމަށްވެސް ބުނެފައިވެ އެވެ.

އެ ވައިރަސް "ތަފާތު" ކަމަށް ޑަބްލިޔުއެޗްއޯއިން ވެސް އެއްބަސްވެފައިވީ ނަމަވެސް، އަދިވެސް އެ ވައިރަސް އިތުރަށް ފެތުރުނަ ނުދީ ކޮންޓްރޯލް ކުރެވޭނެކަމަށް އެ ޖަމިއްޔާ އިން ގަބޫލުކުރެ އެވެ.

ޑަބްލިޔުއެޗްއޯ އިން އިތުރަށް ބުނި ގޮތުގައި އެ ވައިރަހަކީ "އެއްކޮޅަށް ދުއްވޭ މަގެއް" ނޫން ކަމަށެވެ. އަދި ކޮންމެ ގައުމަކުން ވެސް އެ ވައިރަސް ފެތުރުން ހުއްޓުވުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅައިފިނަމަ އަދިވެސް މި ބަލިމަޑުކަމުން އަރައިގަނެވޭނެ ކަމަށެވެ.

ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 3،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355