twitterviber whatsapp telegramfacebookyoutube instagram
22nd January 2026

އުމްރާގެ އަޅުކަން ވަގުތީގޮތުން ހުއްޓާލައިފި

ޚަދީޖާ އާދަމް
Mar 4, 2020

އުމްރާގެ އަޅުކަން ވަގުތީ ގޮތުން ހުއްޓާލަން ނިންމައި އެކަން ސައުދި އަރަބިއްޔާގެ ސަރުކާރުން މިއަދު އިއުލާން ކޮށްފި އެވެ.

ކޮރޯނާ ވައިރަސް ފެތުރިދާނެ ކަމުގެ ބިރަށް ސައުދީ ސަރުކާރުން އުމްރާގެ އަޅުކަން ވަގުތީގޮތުން ހުއްޓާލުމަށް ނިންމާފައިވާއިރު ގައުމުން ވަނީ ކޮރޯނާ ވައިރަހަށް ޕޮޒިޓިވް އެކަކު ފެނިފަ އެވެ.

ސައުދީ ސަރުކާރުން މީގެކުރިން ވަނީ އުމްރާގެ އަޅުކަމަށް އެ ގައުމަށް ދިޔުން ވެސް މަނާކޮށްފަ އެވެ. މިއަދު ސައުދީ ސަރުކާރުން ނިންމީ، އެ ގައުމުގެ ރައްޔިތުންނަށް ވެސް އުމްރާގެ އަޅުކަމަށް ހަރަމްފުޅަށް އެއް ނުވެވޭ ކަމަށެވެ. އަދި މަދީނާގެ ހަރަމްފުޅަށް ޒިޔާރަތް ކުރުން ވެސް ވަނީ މަނާކޮށްފަ އެވެ.

އުމްރާގެ އަޅުކަން ވަގުތީ ގޮތުން ހުއްޓާލަން ނިންމާފައިވާއިރު މިހާރު ވެސް އުމްރާގެ އަޅުކަން އަދާ ކުރުމަށް ބައެއް ދިވެހިން މައްކާގައި އެބަ ތިއްބެވެ.

ކޮރޯނާ ވައިރަހާ ގުޅިގެން އެކި ގައުމުތަކުން ދަނީ ފިޔަވަޅުތައް އަޅަމުންނެވެ. ވައިރަސް ޖެހިގެން ދުނިޔޭގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 3،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355