twitterviber whatsapp telegramfacebookyoutube instagram
29th August 2026

ހއ އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތުގެ ބިންގާ އަޅައިފި

Nov 23, 2025

ހއ. ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތުގެ ބިންގާ އިއްޔެ އަޅައިފި އެވެ. ހަތަރު ފަންގިފިލާއަށް ބިނާކުރާ މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުالله ނާޒިމު އިބްރާހީމެވެ.

ދެ އަހަރާއި ދެ މަހުން ނިންމާ ގޮތަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ މިދިޔަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު ހެލްތު މިނިސްޓްރީން މި މަސައްކަތް ހަވާލުކުރީ 185.6 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއުގެ ދަށުން އެ ހޮސްޕިޓަލުގައި 50 އެނދުގެ ހަތަރު ބުރީގެ އާ އިމާރާތެއް އަޅާނެއެވެ. އެމްޓީސީސީން ބުނި ގޮތުގައި އެ އިމާރާތުގެ އެއް ފަންގިފިލާގައި ސާވިސް ބްލޮކަކާއި ވަށާފާރެއް ރާނާނެއެވެ.

މި ހޮސްޕިޓަލުގައި އައިސޮލޭޝަން ފެސިލިޓީއާއި، ރޭޑިއޮލޮޖީ ޑިޕާޓްމަންޓް، އެކްސްރޭ، ސީޓީ ސްކޭން، އެމްއާރުއައި، މެމޮގްރަފީ، އަލްޓްރާސައުންޑް ސްކޭން ހިމެނޭހެން ގިނަ ހިދުމަތްތަކެއް ގާއިމުކުރާނެ ކަމަށް ހެލުތު މިނިސްޓްރީން ހާމަކުރި އެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ތެރޭގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރަކާއި، އިންޑަސްޓްރިއަލް ލޯންޑްރީއަކާއި، އޮކްސިޖަން ޕްލާންޓެއް ގާއިމުކުރުން ވެސް ހިމެނެ އެވެ.

ބިންގާ އެޅުމުގެ މި ރަސްމިއްޔާތުގައި އެ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު ލަތީފު އާއި ކައުންސިލުގެ ރައީސް، އަދި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެލެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355