ޓަލީގައި ކޮރޯނާ ވައިރަސް ފެތުރެމުންދާތީ އެގައުމުން ރާއްޖެއަށް މީހުން އައުން މަނާކޮށްފި އެވެ.
ކޮރޯނާ ވައިރަހާ ގުޅިގެން އެ ގައުމުން 80 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
އިޓަލީއިން މީހުން އައުން މަނާކުރިކަން އިއުލާން ކުރީ މިރޭ ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މާދަމާ ރެއިން ފެށިގެން އިޓަލީއަށް ޑައިރެކްޓް އަދި ޓްރާންސިޓް ފްލައިޓްތައް މެދުކަނޑާލާނެ ކަމަށެވެ.
އޭޝިއާއިން ބޭރުގައި އެންމެ ބާރަށް ކޮރޯނާ ވައިރަސް ފެތުރެމުންދާ ގައުމަކީ އިޓަލީ އެވެ. އެ ގައުމުގައި ކޮރޯނާގެ ބިރު ބޮޑުވެ، ސްކޫލްތައް ބަންދު ކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.
މީގެ އިތުރުން އިޓަލީގެ ޓޫރިސްޓަކު ކޮރޯނާ ވައިރަހަށް ޝައްކު ކުރެވިފައިވާތީ އެ ފަތުރުވެރިޔާ ޗުއްޓީ ހޭދަކުރަމުން ދިޔަ ވ. ތިނަދޫއަށް އަރައި ފޭބުންވެސް ވަނީ ވަގުތީ ގޮތުން މަނާކޮށްފަ އެވެ.
އެ ޓޫރިސްޓުގެ ފަރާތުން އަލާމަތްތައް ފެނިފައިވާއިރު އޭނާ މިހާރު ވަނީ ފަރުކޮޅުފުށީގައި ކަރަންޓީނުކޮށްފަ އެވެ.