twitterviber whatsapp telegramfacebookyoutube instagram
20th April 2024

ހޯމް މިނިސްޓްރީގެ "ދެނެގަންނަމާ" ކުޅުދުއްފުށީގައި ކުރިއަށްގެންގޮސްފި

އަބްދުލް ވާހިދު ޙަސަން
Mar 7, 2020

މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކުރިއަށްގެންދާ "ދެނެގަންނަމާ" ޕްރޮގުރާމް ކުޅުދުއްފުށީގައި ކުރިއަށްގެންގޮސްފި އެވެ.

ކުޅުދުއްފުށީގައި ހުންނަ ނޯތް އޮފީސް ކޮމްޕްކްސް ހޯލުގައި ކުރިއަށްގެންދިޔަ މި ޕްރޮގުރާމް ފައްޓަވައިދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަހުމަދު މުހައްމަދުފުޅު ވިދާޅުވީ، ހައްގު ހޯދަން ވަކާލާތުކުރެވޭނީ ފުރަތަމަ ހައްގަކީ ކޮބާކަން އެނގިގެން ކަމަށެވެ.

އަދި އޭނާ ވަނީ މި ޕްރޮގުރާމުގައި ފެސިލިޓޭޓަރެއްގެ ގޮތުގައި ބައިވެރިންނަށް މައުލޫމާތުވެސް ދެއްވާފަ އެވެ. އެ ސެޝަންގައި ކޮމިޝަނަރ އޮފް ޕްރިޒަންސް މައުލޫމާތު ދެއްވީ އަނިޔާކުރުމާއި އެހެނިހެން ލާއިންސާނީ ދަށު ޖަރަޖައިގެ އަމަލުތައް ހިންގުމާއި އަދަބު ދިނުމާ ދެކޮޅު މުއާހަދާ ގުޅޭ ގޮތުންނެވެ.

މި ޕްރޮގުރާމުގައި އާންމު މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނާ ބެހޭ ގޮތުންވެސް މައުލޫމާތު ދީފައިވެ އެވެ. އެ ސެޝަން ކުރިއަށްގެންދެވީ އެސޯސިއޭޓް ލީގަލް ކައުންސެލް އަލްއުސްތާޒާ އަމިނަތު ނަބީލާ އިބުރާހިމް ނަސީރެވެ.

އެއްދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ޕްރޮގުރާމުގައި ހދ އަތޮޅުގެ ފަސް ރަށަކުން 41 ބައިވެރިން ވަނީ ބައިވެރިވެފަ އެވެ. މި ޕްރޮގުރާމްގައި ބައިވެރިން ބައިވެރިވީ، ކުޅުދުއްފުށީގެ އިތުރުން ހަނިމާދޫ، ވައިކަރަދޫ، މަކުނުދޫ އަދި ނޮޅިވަރަންފަރުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355