twitterviber whatsapp telegramfacebookyoutube instagram
5th March 2024

ތިނަދޫއިން ކަރަންޓީނުކުރި ފަތުރުވެރިޔާ ކޮވިޑް-19 އަށް ނެގެޓިވް!

ނަބީލާ އިސްމާޢީލް
Mar 7, 2020

ވ. ތިނަދޫއިން ފަރުކޮޅުފުއްޓަށް ގެންގޮސް ކަރަންޓީނު ކުރި އިޓަލީގެ ފަތުރުވެރިޔާ ކޮވިޑް-19 އަށް ނެގެޓިވް ކަމަށް ދައްކައިފި ކަމުގައި ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީއިން ބުނެފި އެވެ.

އެ ފަތުރުވެރިޔާ ކަރަންޓީނުކޮށް ޓެސްޓްތައް ހެދީ ވައިރަހުގެ އަލާމާތްތައް އޭނާގެ ގައިން ފެނުމުން ކަމަށާއި ޓެސްޓްތަކުގެ ނަތީޖާ މިހާރު ލިބިފައިވާ ކަމަށެވެ. އަދި އެ ނަތީޖާ ނެގެޓިވް ކަމަށް ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީއިން ބުނެފި އެވެ.

ރާއްޖެއިން މިހާރު ކޮވޮޑް-19 އަށް ޓެސްޓް ކުރެވޭއިރު ޓެސްޓްތައް ނެގެޓިވްކޮށްއައި ނަމަވެސް އެ ފަތުރުވެރިޔާގެ ގައިން އަލާމާތްތަށް ފެންނާތީ 24 ގަޑިއިރު ފަހުން އަނެއްކާވެސް ޓެސްޓް ކުރެވޭނެ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ. އަދި އެ ފަތުރުވެރިޔާ އަދިވެސް ހުރީ ކަރަންޓީނު ކޮށްފައެވެ.

ފަތުރު ވެރިޔާ ކަރަންޓީނު ކުރުމުގެ އިތުރުން މުޅި އެރަށް ވަނީ ލޮކްޑައުންކޮށްފަ އެވެ. ނަމަވެސް ޓޫރިސްޓްގެ ނަތީޖާތައް ލިބުމާއި އެކު ރަށަށް އަރާފޭބުން ވަނީ ހުޅުވާލާފަ އެވެ. ތިނަދޫގެ އިތުރުން ކުރެއްދޫ ރިސޯޓާއި ސަމާ އައިލެންޑް ރިސޯޓް ވެސް މިހާރު ވަނީ ލޮކްޑައުންކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355