twitterviber whatsapp telegramfacebookyoutube instagram
25th April 2024

ޖަޒީރާ ޗެމްޕިއަންޝިޕް ފަސްކުރަން އެފްއޭއެމްއިން ނިންމައިފި

ޚަދީޖާ އާދަމް
Mar 9, 2020

ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޮނާ ވައިރަސް ނުވަތަ ކޮވިޑް-19 ގެ ޕޮސިޓިވް ކޭސްތަކެއް ރާއްޖެއިން ފެންނަމުންދާތީ އެފްއޭއެމްއިން ބާއްވަން ހަމަޖެހިފައިވާ "ޖަޒީރާ ޗެމްޕިއަންޝިޕް 2020" ފަސްކުރަން ނިންމައިފި އެވެ.

މުބާރާތައް ތައްޔާރުވުމުގެ ގޮތުން ބައެއް ރަށްރަށުން މިހާރު ފަރިތަކުރުންތައް ފަށާފައިވާ އިރު އެފްއޭއެމުން މިއަދު ނެރުނު ބަޔާނެއްގައިި ބުނީ މުބާރާތުގެ އެންމެހާ ކަންތައްތައް މަޑު ޖައްސާލަން ނިންމާފައިވާ ކަމަށާއި ކޮވިޑް-19 އާއި ގުޅިގެން މި މުބާރާތުގެ މިއަހަރުގެ ރަމަޟާން މަހުގެ ފަހަށް ލަސްކުރެވިފައިވާ ކަމަށެވެ.

މީގެ ކުރިން ބާއްވަމުން އައި މިނިވަން ޗެމްޕިއަންޝިޕު ރިބްރޭންޑުކޮށް، ޖަޒީރާ ޗެމްޕިއަންޝިޕުގެ ނަމުގައި މިއަހަރުގެ ކުރީކޮޅު ބޭއްވުމަށް އެފްއޭއެމްއާއި ޔޫތް މިނިސްޓްރީ ގުޅިގެން މަސައްކަތް ކުރަމުންދިޔަ އިރު މިއީ ފުޓުބޯޅައަށް ބޮޑު އިންގިލާބެއް ގެނުވާނެ މުބާރާތެއް ކަމަށް ފުޓުބޯޅައަށް ލޯބި ކުރާ ގިނަ ބަޔަކު އައީ ބުނަމުންނެވެ.

ކޮވިޑް-19 ރާއްޖޭން ފުރަތަމަ ފެނުނުކަން ސަރުކާރުން އިއުލާންކުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެރޭ ބައްޔަށް ޕޮޒިޓިވްވިކަން އިއުލާން ކުރީ ޅ. ކުރެއްދޫ ރިސޯޓުން ދެ މީހެކެވެ.

ރޭގެ ވަގުތެއްގައި ސަރުކާރުން ވަނީ އއ. ސޭންޑީޒް ބަތަލާ ރިސޯޓުން ކޮވިޑް-19 އަށް ޓެސްޓު ކުރި ތިން މީހުންގެ ތެރެއިން ދެމީހަކު ޕޮޒިޓިވްް ވެފައިވާކަން އިއުލާން ކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355