twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކަސްޓަމްސްގެ އަންހެން މުވައްޒަފުން ބަނދަރުތަކުގައި މުދާ ބަލައި ފާސްކުރަން ފަށައިފި

ނަބީލާ އިސްމާޢީލް
Mar 9, 2020

ކޮމާޝަލް ބަނދަރުތަކުގައި މުދައި ބަލައި ފާސްކުރުމާއި މުދާ ދޫކުރުމުގައި ކަސްޓަމްސްގެ އަންހެން މުވައްޒަފުން އިއްޔެއިން ފެށިގެން ހަރަކާތްތެރިވާން ފަށައިފި އެވެ.

ކަސްޓަމްސްއިން ކޮމާޝަލް ބަނދަރުތަކުގައި މީގެ ކުރުން މަސަކަތް ކުރަމުންދިޔައީ އެތަނުގެ ފިރިހެން މުވައްޒަފުން ނެވެ. މި ތަފާތު ނައްތާލައި އެކަން އިއުލާނުކުރީ އިއްޔެ ފާހަގަކުރި ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ކަސްޓަމްސްގައި ބޭއްވި ރަސްމިއްޔާތެއްގައި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އެވެ.

މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވަނީ މި ގެނައި ބަދަލަކީ ކަސްޓަމްސްގެ މުވައްޒަފުންގެ މެދުގައި އޮންނަ ޖިންސުގެ ތަފާތުކުރުން ނައްތާލަން އެޅި މުހިއްމު ފިޔަވަޅެއް ކަމަށް ވިދާޅުވެފަ އެވެ. އިތުރަށް މިނިސްޓަރު ވިދާޅުވީ ކަސްޓަމްސް ނަމޫނާއަކަށް ބަލައި އެހެން އިދާރާތައް ވެސް މިންތީގެ ހަމަހަމަކަން ގާއިމުކުރަން މަސައްކަތްކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނާ އަބްދުﷲ ޝަރީފް ވިދާޅުވީ ކޮމާޝަލް ބަނދަރުތަކުގައި އަންހެނުން މަސައްކަތްކުރަން ފެށުމުން ކުރިން އަންހެން މުވައްޒަފުންނަށް ނުލިބި ހުރި ގިނަ ފުރުސަތުތަކެއް ލިބެނެ ކަމަށެވެ.

އެގޮތުން ރާއްޖޭން ބޭރުގައި ހިންގާ ތަމްރީން ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބުމާއި އިސް މަގާމުތަކަށް ދެވުމުގެ ފުރުސަތު ހުޅުވުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355