twitterviber whatsapp telegramfacebookyoutube instagram
27th July 2024

ކޮވިޑް-19 އާ ގުޅިގެން ޖަލުތަކުގެ ސަލާމަތީ ފިޔަވަޅު ވަރުގަދަކޮށްފި

ނަބީލާ އިސްމާޢީލް
Mar 11, 2020

ޗައިނާގެ މައިދޮރުން ނިކުމެގެން މުޅިދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެއިން ފެނުމާއި ގުޅިގެން ޖަލުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް ހާއްސަ ޓާސްކްފޯހެއް އެކުލަވާލައިފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސުން ބުނީ ކޮވިޑް-19 އަށް ރާއްޖޭގައި ހަ މީހަކު ޕޮޒިޓިވްވުމާ ގުޅިގެން ގައުމުގެ ހާލަތު "ޔެލޯ އެލާޓަށް" މަތިކޮށްފައި ވާތީ ރައްކާތެރިވުމުގެ ގޮތުން ޖަލުތަކުގައި ސަލާމަތީ ފިޔަވަޅުތަކެއް އަޅަންފަށާފައިވާކަމަ ށެވެ.

އެގޮތުން ޖަލުތަކުގައި ވައިރަހާ ގުޅިގެން ސަލާމަތީ ކަންތައްތައް މޮނީޓަރކޮށް ބެލެހެއްޓުމަށް ހާއްސަ ޓާސްކްފޯސްއެއް އެކުލަވައިލައި އެ ޓާސްކްފޯސްއިން ޖަލުތަކުގައި މިވައިރަސްއާ ބެހޭ މައުލޫމާތު ހިއްސާކޮށް ރައްކާތެރިކަމަށް ބޭނުންވާ މާސްކްފަދަ ތަކެތި ފޯރުކޮށްދޭނެކަމަށް ކަރެކްޝަނަލް ސަރވިސްއިން ބުނެ އެވެ. އަދި ހެލްތް ޕްރޮޓެކްޝަން އޭޖެންސީއާއި ނެޝަނަލް ޓާސްކްފޯސްއާ ގުޅިގެން ގައުމީ ފެންވަރުގައި އަޅަން ހަމަޖައްސާފައިވާ އުސޫލުތަކާއި އެއްގޮތަށް ގައިދީންނާއި ޕްރިޒަން އޮފިސަރުންނާއި މުވައްޒަފުންގެ ސަލާމަތީ އެންމެހާ ކަންކަން ކުރަމުންދާކަމަށެވެ.

ޖަލަށް ޑިއުޓީކުރަން ވަންނަ އޮފިސަރުންގެ ހުން ޗެކް ކުރެވޭނެ އިންތިޒާމުވެސް ހަމަޖައްސާފައިވާކަމަށާ ކޯޓުތަކުގެ އެދުމުގެ މަތިން ހުންއައިސް ކެއްސައި، ކިނބިހިއަޅައި ގައިދީންނާއި ބަންދުމީހުން ކޯޓަށް ހާޒިރުކުރުން މަޑު ޖައްސާލުމަށް ނިންމާފައިވާކަމަށް އެސަރވިސްއިން ވަނީ ބުނެފަ އެވެ.

އަދި އާއިލީ ބައްދަލުވުންތަކާއި އެކަހެރި ބައްދަލުވުންތަކަށް އަންނަ އެއްވެސް ފަރާތެއްގެ ކިބައިން ރޯގާގެ އެއްވެސް އަލާމާތެއް ފާހަގަ ކުރެވިއްޖެނަމަ އެ ބައްދަލުވުން ކެންސަލްކުރެވޭނެކަމަށާ މިގޮތަށް ކެންސަލްވާ އާއިލީ ބައްދަލުވުންތަކާއި އެކަހެރި ބައްދަލުވުންތަކުގެ ބަދަލުގައި ފޯނު ކޯލްގެ އިތުރު ފުރުސަތެއް ދިނުމަށް ނިންމާފައިވާ ކަމަށް އެ ސަރވިސްއިން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355