twitterviber whatsapp telegramfacebookyoutube instagram
28th March 2024

އިތުރު އެއްހަފްތާއަށް ސްކޫލުތައް ބަންދު ކުރަނީ

Mar 11, 2020

އިތުރު އެއް ހަފްތާއަށް ސްކޫލުތައް ބަންދު ކުރުމަށް ސަރުކާރުން ނިންމައިފި އެވެ.

މި ހަފްތާއަކީ ސްކޫލުތަކުގެ ފުރަތަމަ ޓާމުގެ މިޑް ބްރޭކް ހަފްތާއެވެ. ކުރިން އޮތީ މިމަހު 15 ގައި ސްކޫލުތައް ހުޅުވާގޮތަށް ނަމަވެސް އާދީއްތަ ދުވަހު ސްކޫލްތައް ހުޅުވުން ފަސްކުރުމަށް ފަހު ސަރުކާރުން ނިންމާފައި ވަނީ ރޯގާގެ ހާލަތަށް ބަލައި ހަފުތާއަކުން އެއްފަހަރު މި ނިންމުން ރިވިއުކުރަމުން ގެންދިއުމަށެވެ.

ކޮވިޑް-19 ރޯގާ ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އަންނަ ހަފްތާ ސްކޫލުތައް ބަންދުކޮށްފައި މިވަނީއެކަމަށް ގިނަ ބަޔަކު އެދެމުން ދަނިކޮށެވެ. އެގޮތުން

ބައެއް ޑޮކްޓަރުންގެ އިތުރުން، މެޑިކަލް އެސޯސިއޭޝަނުންނާއި ޓީޗާސް އެސޯސިއޭޝަނުން ވެސް ވަނީ، ކިޔެވުން ފެށުން ފަސްކުރުމަށް އެދިފަ އެވެ.

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ، ސްކޫލްތައް ބަންދުކޮށްގެން ވެސް ކިޔަވައިދެވޭނެ ގޮތަކަށް ތައްޔާރީތައް ވަމުން ކަމަށެވެ. އެގޮތުން އޮންލައިންކޮށާއި ބްރޯޑްކާސްޓްކޮށްގެން ވިޔަސް ކިޔަވައިދިނުން ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 ފެތުރެން ފެށުމާ އެކު ސިލްސިލާކޮށް ބާއްވަމުން އަންނަ ޕްރެސްކޮންފަރެންސްގެ މިރޭގެ ބްރީފިންގައި މަބްރޫކް ވިދާޅުވި ގޮތުގައި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދަށް މިހާތަނަށް ބަދަލެއް ނާންނަ ކަމަށެވެ.

ރާއްޖޭން މިހާތަނަށް 8 މީހަކަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު އެ މީހުންނާ ކޮންޓެކްޓްވި މީހުން ހޯދައި އެހަކެރި ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355