twitterviber whatsapp telegramfacebookyoutube instagram
21st January 2026

ރޯދަމަހުގެ ވިޔަފާރި ގަޑިތައް އިތުރުކޮށް އާންމުކޮށްފި

ނަބީލާ އިސްމާޢީލް
Mar 14, 2020

އަންނަ ރޯދަމަހު ފިހާރަތަކާއި ސައި ހޮޓާ ރެސްޓޯރެންޓްތައް ހުޅުވާފައި ބެހެއްޓޭނެ ވަގުތުތައް އިތުރުކޮށް އާންމުކޮށްފި އެވެ.

އެކޮނޮމިކް މިނިސްޓްރީން ބުނިގޮތުގައި އަންނަ އެޕްރީލް މަހުގެ 19 އިން ފެށިގެން ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ އެންމެ ލަސްގަޑިއަކީ މެންދަމު 12:00 ކަމަށާއި ކެފޭ ރެސްޓޯރެންޓުތައް ހުޅުވާފައި ބެހެއްޓޭނެ އެންމެ ފަސް ގަޑިއަކީ މެންދަމު 3:00 ކަމަށެވެ.

މިހާރު މުދާ ވިއްކާ ތަންތަން ހުޅުވިފައި ހުންނަ އެންމެ ލަސްގަޑިއެއްގެ ގޮތުގައި ހަމަޖެހިފައިވަނީ ރޭގަނޑު 11:00 އެވެ.

ކޮންމެ އަހަރެއްގެވެސް ރޯދަ މަހާއި ދިމާކޮށް ފިހާރަތަކާއި ސައިކޮޓާ ރެސްޓޯރެންޓުތައް ހުޅުވާފައި ބަހައްޓާ ވަގުތު އިތުރުކުރުމުގެ ހުއްދާ އެކޮނޮމިކް މިނިސްޓްރީއިން ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355