twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކައުންސިލް އިދާރާގެ ފައިސާ ބަލައިގަތުން ކައުންޓަރަށް

އަބްދުލް ވާހިދު ޙަސަން
Mar 17, 2020

ކުޅުދުއްފުށީގައި ކައުންސިލު އިދާރާގެ ކައުންޓަރުން ފައިސާ ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސައިފި އެވެ. މީގެ ކުރިން ފައިސާ ބަލައިގަތުމުގެ ހިދުމަތް ހޯދަން ޖެހެނީ ކައުންސިލް އިދާރާގެ ފައިނޭންސް ޑިޕާޓްމަންޓްއަށް ގޮހެވެ.

މި އިންތިޒާމު ކައުންސިލުން ހަމަޖެއްސީ ކޮވިޑް-19 އަށް ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅެއްގެ ގޮތުގައި އެވެ. އެހެންވުމުން އެ ހިދުމަތް ކައުންސިލް އިދާރާގެ އެތެރެއަށް ނުވަދެ މިހާރު ކައުންޓަރުން ލިބޭނެ އެވެ.

ކުޅުދުއްފުށީ ކައުންސިލަކީ ކޮންމެ ދުވަހުވެސް ގިނަ ބަޔަކު ހިދުމަތް ހޯދުމަށް އަންނަ ތަނެއްކަން ފާހަގަކުރައްވަމުން ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވީ، ކައުންޓަރުން މި ހިދުމަތް ލިބިގެންދިޔުމުން ރައްޔިތުން ލުއި ފަސޭހަވުމުގެ އިތުރުން މުވައްޒަފުންނަށް ރައްކާތެރިކަން އިތުރުވާނެ ކަމަށެވެ.

ރައްޔިތުންނަށް ދެމުންގެންދާ ގިނަ ހިދުމަތްތައް ހޯދުމަށް އަންނަ ފަރާތްތަކަށް ބައެއް ހިދުމަތްތައް ހޯދުމަށް ކައުންސިލް އިދާރާގެ އެންމެ އެތެރެއަށްވެސް ވަންނަ ޖެހެ އެވެ.

ނަމަވެސް މި ބަދަލާއެކު ފައިސާގެ މުއާމަލާތައް ކައުންޓަރުން ލިބުމުގެ އިތުރުން، އިތުރު ހިދުމަތްތައް ކައުންޓަރުން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް ލަތީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން އޮފީސްތެރެ ސާފުތާހިރުކަންވެސް އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން އަވަސް އަވަހަށް އޮފީސްތެރެ އާއި އާންމުކޮށް ބޭނުންކުރާ ތަންނަ އަވަސް އަވަހަށް ސާފުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355