twitterviber whatsapp telegramfacebookyoutube instagram
25th August 2026

މާސްކާއި ސެނިޓައިޒާގެ ޑިއުޓީ ކަނޑާލައިފި

ނަބީލާ އިސްމާޢީލް
Mar 19, 2020

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި މި ދުވަސްވަރު އެންމެ ގިނައިން މީހުން ބޭނުންކުރާ ސެނިޓައިޒާ އާއި މާސްކްގެ ޑިއުޓީ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މާފުކޮށްދެއްވައިފި އެވެ.

ސާޖިކަލް މާސްކްގެ ޑިއުޓީ އަށް ކަސްޓަމްސް އިން ނަގަމުން އައީ 15 ޕަސެންޓެވެ. އަދި ސެނިޓައިޒާގެ ޑިއުޓީ އަށް ނަގަމުން އައީ 10 ޕަސެންޓެވެ.

ކަސްޓަމްސް އިން ބުނީ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ މުއްދަތުގައި އަމިއްލަ ވިޔަފާރިތަކުން ރާއްޖެ އެތެރެކުރާ މާސްކާއި ސެނިޓައިޒާ އިން ޑިއުޓީ އާއި އެފަދަ ތަކެތިން ނަގާ ޕްރޮސެސިސް ފީ މައާފްކޮށް ދެއްވަން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުގެ ދަށުން ނިންމަވާފައިވާ ކަމަށެވެ.

އިމްޕޯޓް އެކްސްޕޯޓް ގާނޫނު ބުނާގޮތުން ބައެއް ބާވަތުގެ ކަންކަމަށް އެތެރެކުރާ ތަކެތިން އިމްޕޯޓް ޑިއުޓީ މައާފް ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް އޮންނާނެ ކަމަށެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ބައެއް ގައުމުތަކުން ރާއްޖެއަށް މީހުން އައުން މަނާކޮށް އަދި ފަތުރުވެރިން ރަށްރަށަށް އެރުވުން ވެސް ވަނީ މަނާކޮށްފަ އެވެ. އަދި ސްކޫލްތަކާއި އޮފީސްތައް ވެސް ވަނީ ވަގުތީ ގޮތުން ބަންދުކޮށް މިސްކިތް ތަކުގެ ޖަމާއަތަށް ދިއުމުގައިވެސް ކަންތައް ތަކެއް މިވަނީ ބަަލު ގެނެސްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355