twitterviber whatsapp telegramfacebookyoutube instagram
1st August 2026

ޖެކް މާ އޭޝިޔާގެ ގިނަ ގައުމުތަކަކަށް އެމަޖެންސީ ކިޓް ހަދިޔާކުރަނީ

ޚަދީޖާ އާދަމް
Mar 21, 2020

އަލީ ބާބާގެ ކުރީގެ ޗެއާމަން ޖެކް މާ، ރާއްޖެ ހިމެނޭ ގޮތަށް އޭޝިއާގެ ގިނަ ގައުމުތަކަށް ގިނަ އަދަދަކަށް ޓެސްޓް ކިޓުތަކާއި އަންގި އަދި ސޫޓުފަދަ އެމާޖެންސީ ސަޕްލައި ފޯރުކޮށްދިނުމަށް ނިންމައިފި އެވެ.

ޖެކް މާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިމާޖެންސީ ސަޕްލައިގެ ގޮތުން އޭޝިއާގެ ގައުމުތަކަށް

1.8 މިލިއަން މާސްކާއި 210،000 ޓެސްޓް ކިޓާއި 36،000 ޕްރޮޓެކްޓެކްޓިވް ސޫޓުގެ އިތުރުން ވެންޓިލޭޓާ އަދި ތާމޯމީޓާ ހަދިޔާ ކުރައްވާނެ ކަމަށެވެ.

އެގޮތުން ރާއްޖޭގެ އިތުރުން އެތަކެތި ހަދިޔާކުރާނެ ގައުމުތަކަކީ އަފްގާނިސްތާން، ބަންގްލަދޭޝް، ކެމްބޯޑިއާ، ލައޯސް، މޮންގޯލިއާ، މިޔާންމާރ، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާއެވެ.

ކޮރޯނާވައިރަހާ ގުޅިގެން ގިނަ ފަރާތްތަކުން ތަފާތު ގޮތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ދެއެވެ.

ޖެކް މާ ވިދާޅުވީ އެ ތަކެތި ގައުމުތަކަށް އަވަހަށް ފޯރުކޮށްދިނުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ. އެހެންނަމަވެސް އެތަކެތި ވީހާވެސް އަވަހަކަށް ފޯރުކޮށްދޭނެކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ.

މީގެ އިތުރުން އޭނާ ވަނީ ޔޫއެސްއަށް ވެސް ޓެސްޓް ކިޓާ، މާސްކު ފަދަ ތަކެތި ހަދިޔާ ކުރައްވާއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355