twitterviber whatsapp telegramfacebookyoutube instagram
19th April 2024

ގަވައިދާ ހިލާފު ބިދޭސީން ސަރުކާރު ހަރަދުގައި ގައުމަށް ފޮނުވައިދެނީ

ނަބީލާ އިސްމާޢީލް
Mar 21, 2020
2

ބިދޭސީން ގަވައިދަށް ފައްތަން އިކޮނޮމިކް މިނިސްޓްރީއިން ކުރިއަށްގެންދާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގެ ދަށުން ވިސާއާއި ޓްރެވެލް ޑޮކިއުމަންޓް ނެތް ބިދޭސީން ސަރުކާރުގެ ހަރަދުގައި އެ ފަރާތްތަކުންގެ ގައުމުތަކަށް ފޮނުވައިދިނުމަށް ނިންމައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީއިން ބުނެފައިވަނީ ރާއްޖެއިން އަނބުރާ އެބައެއްގެ ގައުމަށް ދާން ބޭނުންވާ ބިދޭސީންގެ ތެރެއިން ސައްހަ ޓްރެވެލް ޑޮކިއުމެންޓް ނެތް ފަރާތްތަކަށް އެ ގައުމެއްގެ އެމްބަސީ ނުވަތަ ހައި ކޮމިޝަނާ ގުޅިގެން ލިޔެކިޔުންތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

އެ ބިދޭސީންގެ ގައުމަށް އަނބުރާ ދިޔުމަށް ހޭދަވާނެ ހަރަދުތަކުގެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީއިން ވަނީ ބުނެފައެވެ. މިނިސްޓްރީއިން ބުނެފައިވަނީ ޓްރެވެލް ޑޮކިއުމެންޓް އިޝޫކުރަން ބޭނުންވާ ފަރާތްތަކުން ނަމާއި އައިޑެންޓިފިކޭޝަން ނަމްބަރު ނުވަތަ ޕާސްޕޯޓު ނަމްބަރު ޖެހުމަށްފަހު 7205648 އަށް ޓެކްސްޓް މެސެޖުކުރުމަށެވެ.

މިނިސްޓްރީއިން ބުނެފައިވަނީ ވިސާ އާއި އިތުރު ލިޔެކިޔުން ނެތް ވަރަށް ގިނަ ބިދޭސީން ރާއްޖޭގައި އުޅޭ ކަމަށެވެ. އެހެންކަމުން އެ ފަރާތްތަކަށް އެ ބައެއްގެ ގައުމަށް އަނބުރާ ދިޔުމުގެ ފުރުސަތު ފަހި ކޮށްދިނުމަށްޓަކައި އެ ހިދުމަތް ފޯރުކޮށްދެމުން ގެންދާ ކަމަށް މިނިސްޓްރީއިން ބުންޏެވެ.

ލިޔެކިއުން ހަމަކުރުމަށް އޮފީސް ބޭރަށް އެއް ނުވުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި މިނިސްޓްރީން ބުނީ އެފަރާތް ތަކަށް މިނިސްޓްރީން ގުޅާނެ ކަމަށެވެ.

އެކޮނޮމިކް މިނިސްޓްރީން ދާދި ފަހުން ވަނީ ރެގިއުލަރައިޒޭޝަން ޕްރޮގްރާމް އެއް ހުޅުވާލާފަ އެވެ. އަދި އެ ޕްރޮގުރާމްގެ ދަށުން ގިނައަދަދެއްގެ ބިދޭސީން ވަނީ ގަވައިދަށް ފެތި ލިޔެ ކިއުންތަށް ސައްހަ ކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355