twitterviber whatsapp telegramfacebookyoutube instagram
1st January 2026

އިތުރު ތަކެތިން އިމްޕޯޓް ޑިއުޓީ ކަނޑާލައިފި

Mar 22, 2020

ކޮރޯނާ ވައިރަސް އާ ގުޅިގެން ރާއްޖެއަށް އެތެރެ ކުރާ ޕްރޮޓެކްޓިވް މާސްކް، ހޭންޑް ވޮޝް، ޕްރޮޓެކްޓިވް ގްލޯވްއާއި ފޭސްޝީލްޑުގެ އިތުރުން ޑިސްއިންފެކްޓުން އިންޕޯޓް ޑިއުޓީ ކަނޑާލައިފި އެވެ.

މީގެކުރިން ވެސް ކަސްޓަމްސް އިން ވަނީ ރާއްޖެ އެތެރެކުރާ ސާޖިކަލް މާސްކާއި ސެނިޓައިޒާއިން ނަގަމުން އައި ޑިއުޓީވެސް ކަނޑާލައިފައެވެ.

ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ އެކު ސާޖިކަލް މާސްކާއި ސެނިޓައިޒާގެ ޑިމާންޑް ރާއްޖޭގައިވެސް ވަނީ ބޮޑުވެފަ އެވެ. އަދި އެތަކެތިން ލިބުން ދަތިވެ އަގުވެސް ވަނީ ބޮޑުވެފަ އެވެ.

ރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނު"ގެ އަށް ވަނަ މާއްދާގެ ހ. އަދި ށ. ގައިވާ ގޮތުން، މުޅި ރާއްޖޭގެ ރައްޔިތުންގެ މަންފާއަށް ޓަކައި ނުވަތަ ވަކި ރަށެއްގެ މަންފާއަށް ޓަކައި ރާއްޖެ އެތެރެކުރާ ތަކެތިން ޑިއުޓީ މާފުކުރުމުގެ ބާރު ވަކި ހާއްސަ ހާލަތްތަކެއްގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355