twitterviber whatsapp telegramfacebookyoutube instagram
23rd January 2025

ކޮވިޑް-19: ކާނިވަލް ރެސްޓޯރެންޓާއި ގެސްޓްހައުސް ބަންދުކޮށްފި

Mar 24, 2020
1

ކޮވިޑް-19: ކުޅުދުއްފުށީގައި ހިންގަމުން އަންނަ މަޝްހޫރު ކާނިވަލް ރެސްޓޯރެންޓާއި އެތަނުގެ ގެސްޓް ހައުސް ބަންދުކޮށްފި އެވެ.

ކާނިވަލް ގެސްޓްހައުސްގެ އޮފިޝަލަކު ކޭއޯއަށް މިއަދު ވިދާޅުވީ، ގެސްޓްހައުސް އާއި ރެސްޓޯރެންޓް ބަންދުކުރީ މެނޭޖްމެންޓްގެ އަމިއްލަ އިސް ނެގުމަށް، ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިވުމުގެ ގޮތުން ކަމަށެވެ.

އޭނާ ވިދާޅުވީ، އެތަންތަން ބަންދުކުރިނަމަވެސް މުވައްޒަފުންނަށް ލިބޭ އިނާޔަތްތަކަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށެވެ. އެގޮތުން، ގިނަ އަދަދަކަށް ބިދޭސީން މަސައްކަތްކުރާ އެތަނުން އެ ބިދޭސީ މުވައްޒަފުންނަށް އެކޮމޮޑޭޝަން އާއި ކެއުން ހަމަޖައްސައިދީފައިވާ ކަމަށެވެ.

ރާއްޖެ އިން މިހާތަނަށް ކޮރޯނާވައިރަހަށް 13 މީހަކު ޕޮޒިޓިވްވެފައިވާއިރު ފަސް މީހުން ވަނީ މުޅިން ރަނގަޅުވެފަ އެވެ. އެހެންނަމަވެސް ކުރިއަށް އޮތް ދެތިން ހަފްތާއަކީ މިބަލި އެންމެ ޕީކްވާނެ ދުވަސްތައް ކަމަށް ބެލެވޭތީ އެންމެންވެސް ފަރުވާ ކުޑަ ނުކުރުމަށް ސަރުކާރުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355