twitterviber whatsapp telegramfacebookyoutube instagram
4th May 2026

ދިވެއްސަކަށް ޝައްކުކުރެވޭތީ ތާޖް އެގްޒޯޓިކާ މޮނީޓަރިންނަށް

Mar 28, 2020

ކޮރޯނާވައިރަސް އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި ދިވެއްސަކު ތާޖު އެގްޒޯޓިކާ ރިސޯޓުން ފެނުމާއެކު އެ ރިސޯޓު މޮނީޓަރިންގެ ހާލަތަށް ގެންގޮސްފި އެވެ.

އެޗްޕީއޭ އިން ބުނީ މިވަގުތު އޭނާ ހުރީ ހޯމް އައިސޮލޭޝަންގައި ކަމަށާއި ރައްކާތެރި ފިޔަވަޅެއްގެ ގޮތުން އޭނާގެ ސާމްޕަލް ނަގައި ޓެސްތު ކުރެވެމުން ދާ ކަމަށެވެ.

މީގެ އިތުރުން އިތުރު ދެރިސޯޓަކުން ވެސް ބައްޔަށް ޝައްކު ކުރެވޭ ބަޔަކު ފެނިގެން ދަނީ މޮނީޓާރ ކުރެވެމުންނެވެ. އެއީ ފިލިތެޔޮ ރިސޯޓާއި ރެޒިޑެންސް މޯލްޑިވްސް ދިގުރަށެެވެ.

ރެޒިޑެންސް ދިގުރަށުން ވައިރަހަށް ޝައްކު ކުރެވެނީ ދެ ދިވެއްސެއްގެ ފަރާތުންނެވެ. އަދި ފިލިތެޔޮ ރިސޯޓުން ބައްޔަށް ޝައްކު ކުރެވެނީ ދިވެއްސަކާއި ބިދޭސީއެއްގެ ފަރާތުންނެވެ.

ރާއްޖެއިން މިހާތަނަށް ކޮރޯނާވައިރަސް ޖެހިފައިވާ 16 މީހަކު ފެނިފައިވާއިރު ނުވަ މީހަކު ވަނީ ރަނގަޅުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355