twitterviber whatsapp telegramfacebookyoutube instagram
10th November 2026

ދުވަހުގެ ރެސިޕީ: ނޯ ބޭކް ޗޮކްލެޓް ކޭކް

ނަބީލާ އިސްމާޢީލް
Apr 2, 2020
ބޭނުންވާ ތަކެތި:

100 ގ އޯރިއޯ ބިސްކޯދު ( ކްރިމް ކޮޅު ނަގާފައި )
50 ގ ބަޓަރ
500 މލ ކިރު
250 މލ ވިޕިން ކްރީމް
300 ގ ޗޮކްލެޓް
100 ގ ހަކުރު
15 ގ ޖެލެޓިން

ތައްޔާރުކުރާނެ ގޮތް:

ބިސްކޯދުކޮޅު މިކްސަރަކުން ރަނގަޅަށް ހިމުންކޮށްލާށެވެ. ބަޓަރުކޮޅު ދިޔާކޮށްލުމަށްފަހު ބިސްކޯދާ އެއްކޮށް ޓްރޭއެއްގައި ބިސްކޯދު ބޭސް އެއް އަޅާށެވެ.

ދެން އެއަށްފަހު ކިރު، ވިޕިން ކްރީމް އަދި ޗޮކްލެޓްކޮޅު އެއްކޮށްލުމަށްފަހު ޗޮކްލެޓްކޮޅު ވިރެންދެން މަޑު ގިނީގައި ކައްކާލާށެވެ. ޗޮކްލެޓްކޮޅު އެއްކޮށް ވިރުމުން ޖެލެޓިން ކޮޅު އަޅާ އެއްކޮށްލާށެވެ. އެއަށްފަހު އުދުންމަތިން ބާލައި ޗޮކްލެޓް މިކްސާ ބިސްކޯދު ބޭސްގެ ތެރެއަށް އަޅާށެވެ.

ހިހޫވުމުން ފްރިޖްގައި 10 ގަޑިއިރު ވަންދެން ސެޓްކުރަން ބަހައްޓާށެވެ.

މިއީ މިދުވަސްވަރު ގޭގައި އާއިލާ އެކޮށް މަޑުކޮށްގެން ތިބި ދުވަސްކޮޅެއްކަމުން ގުޅުން ބަދަހިކޮށްލުމަށް ހަވީރު ސަޔަށް ހަދާލެވިދާނެ ބާވަތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293