twitterviber whatsapp telegramfacebookyoutube instagram
22nd March 2026

ސްޓޫޑެންޓް ލޯނަށް ދައްކަންޖެހޭ ފައިސާ އިތުރެއް ނުވާނެ

ޚަދީޖާ އާދަމް
Mar 31, 2020

ކޮރޯނާވަރަހާ ހެދި ދިމާވެފައިވާ އިގްތިސާދީ ދަތި ހާލަށް ބަލައި ސްޓޫޑެންޓް ލޯނާއި އެޑިއުކޭޝަނަލް އެސިސްޓަންސް ލޯނުތަކަށް ފައިސާ ދެއްކުން ކުރިއަށް އޮތް ހަ މަހަށް ފަސްކޮށްދޭން ނިންމާފައިވާ ކަމަށާއި ނަމަވެސް ލޯނުގެ ބާކީ އޮންނަ މުއްދަތުގައި މަހުން މަހަށް ދައްކަންޖެހޭ އަދަދަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ބޭންކު އޮފް މޮލްޑިވްސް އިން ބުނެފި އެވެ.

މަތީ ތައުލީމް ހާސިލްކުރަން ދޫކޮށްފައިވާ ސްޓޫޑެންޓް ލޯނު ފަސްކޮށްދިނުމަށް އެދި ދަރިވަރުން އަމިއްލައަށް ހުށަހަޅަން ނުޖެހޭނެ ކަމަށާއި ލޯނަށް ފައިސާ ދެއްކުން ހަ މަސް ފަސްކޮށްދޭއިރު ލޯނަށް އިތުރު އިންޓަރެސްޓެއް ވެސް ނާރާނެ ކަމަށްވެސް އެ ބޭންކުން މައުލޫމާތު ދެއެވެ.

މިގޮތަށް ހެދުމުން ލޯނު ދައްކަން ކަނޑައަޅާފައިވާ މުއްދަތަށް ހަ މަސް އިތުރުވާނެ އެވެ. ނަމަވެސް މަހުން މަހަށް ދައްކަންޖެހޭ އަދަދަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ.

މަތީ ތައުލީމުގެ ލޯނު އަނބުރާ ދައްކަންޖެހޭ ދަރިވަރުންގެ އަދަދު 4،000 އަށްވުރެ ގިނަ އެވެ.

މި އިންތިޒާމް ހަމަޖައްސަން ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނީ ބޭންކުން ކަމަށް ވެސް ބުންޏެވެ. އަދި ލޯނު ފަސްކޮށްދިނުމަށް ދަރިވަރުން ހުށަހަޅާކަށް ނުޖެހޭނެ އެވެ.

ސްޓޫޑެންޓް ލޯނާ ހިލާފަށް އެހެން ލޯނުތަކުގެ ފަސްކޮށްދޭ ހަ މަހުގެ އިންޓަރެސްޓް ލޯނަށް އިތުރުކޮށް ލޯނުގެ މުއްދަތުގެ ތެރޭގައި ދައްކަންޖެހެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355