twitterviber whatsapp telegramfacebookyoutube instagram
4th July 2025

ތައުލީމުދޭ ހުރިހާ ތަނެއްގައި ކިޔަވައިދިނުން ވަގުތީގޮތުން މެދުކަނޑާލަން އަންގައިފި

ނަބީލާ އިސްމާޢީލް
Apr 4, 2020

ދިވެހިރާއްޖޭގައި ތައުލީމު ދޭ އެންމެހައި ތަންތަނުގައި ކިޔަވައިދިނުން ވަގުތީގޮތުން މެދުކަނޑާލުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަން ރާއްޖެ އިންވެސް ފެނިފައިވާތީ އެ ބަލި ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމުގެ ގޮތުން އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ދަށުން އަޅާ ހާއްސަ ފިޔަވަޅެއްގެ ގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުވަނީ އިއުލާނު ކޮށްފަ އެވެ.

އެހެން ކަމުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ހައިސިއްޔަތުން މައިމޫނާ އަބޫބަކުރަށް ލިބިދޭ ބާރުގެ ދަށުން މާދަމާއިން ފެށިގެން އެއް ހަފްތާގެ މުއްދަތަށް ރާއްޖޭގައި ހިންގާ އެންމެހާ ޔުނިވާސިޓީތަކާއި، ކޮލެޖްތަކާއި، ތަމްރީނުދޭ މަރުކަޒުތަކުގައި ކިޔަވައިދިނުމާއި ސްކޫލުތަކާއި ތައުލީމުދޭ މަރުކަޒުތަކުގައި ކިޔަވައިދިނުން މެދުކަނޑައިލުމަށެވެ.

އަދި ރާއްޖޭގައި ހިންގާ ޓިއުޝަން ކުލާސްތަކާއި ގުރުއާން ކުލާސްތަކާއި އެހެނިހެން ތައުލީމުދޭ ކުލާސްތަކުގެ ކިޔަވައިދިނުން ވަގުތީ ގޮތުން މެދުކަނޑާލަންވެސް ވަނީ އަންގާފަ އެވެ.

ނަމަވެސް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ކަނޑައަޅާ ހާއްސަ ހާލަތްތަކުގައި، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން އަންގާ ގޮތެއްގައި އަމަލުކުރެވޭނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355