twitterviber whatsapp telegramfacebookyoutube instagram
27th April 2024

އަތޮޅުތެރޭގައި ކޮވިޑް-19 އަށް ޓެސްޓްކުރެވޭނެ އިންތިޒާމުތައް ގާއިމުކުރަނީ

އަބްދުލް ވާހިދު ޙަސަން
Apr 6, 2020

އަތޮޅުތެރޭގައި ބައެއް ސަރަހައްދުތަކުގައި ކޮވިޑް-19 އަށް ޓެސްޓްކުރެވޭނެ އިންތިޒާމު ހަމަޖައްސަމުންދާކަމަށް ހެލްތް މިނިސްޓަރު އަބުދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ހަދިޔާކުރި ކޮވިޑް-19 ޓެސްޓް ކިޓްތަކެއް ހަވާލުކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ރާއްޖޭގައި ބަލި ފެތުރިގެން ހިނގައްޖެ ހިނދެއްގައި އެންމެ ބޮޑަށް ބޭނުންވާނީ ޓެސްޓްކުރުމުގެ ކަންތައްކަމަށްވާތީ އެކަންތަކަށް ސަރުކާރުން ދަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންކަމަށެވެ.

"ޑަބްލިއުއެޗްއޯގެ އެހީތެރިކަމާއެކީގައި ސީދާ ސަރުކާރުން ވަރަށް ބޮޑު ހޭދައެއް އެބަކުރޭ. ހާއްސަކޮށް ސަރުކާރުގެ މައި ހޮސްޕިޓަލު އައިޖީއެމްއެޗުގައި މިކަން ފުޅާކުރުމަށްޓަކާ މިހާރުވެސް ވަރަށް ގިނަ މަސައްކަތްތައް އެބަކުރެވޭ. އަދި ހަމަ އެހެންމެ އަތޮޅުތެރޭގައި(ކޮވިޑް-19) އަށް ޓެސްޓްކުރުމުގެ ގާބިލްކަން ގެނައުމަށްޓަކާ މިހާރު އެބަ މަސައްކަތްތަކެއް ކުރެވޭ." ހެލްތް މިނިސްޓަރު ވިދާޅުވި އެވެ.

އަމީން ވިދާޅުވީ، އަތޮޅުތެރޭގައި ކޮވިޑް-19 އަށް ޓެސްޓްކުރުމުގެ ގާބިލުކަން ގާއިމަށް ކުރެވޭ މަސައްކަތުގައިވެސް ޑަބްލިއުއެޗްއޯގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުންދާ ކަމަށެވެ.

"
"އުތުރާއި މެދުތެރެ އަދި ދެކުނުގެ ބައެއް ރަށްރަށުގައި (ކޮވިޑް-19 )އަށް ޓެސްޓް ކުރުމުގެ ގާބިލުކަން ގެންނާނަން. މިހާރުވެސް އަތޮޅުތެރޭގައި ޖީން އެކްސްޕާޓް މެޝިންތައް ހުންނާނެ. ރާއްޖޭގެ 6 ސަރަހައްދެއްގައި މިހާރުވެސް އެ މެޝިންތައް ހުންނާނެ." އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވި އެވެ.

ރާއްޖޭގައި ފަރުވާގެ ކަންތައް ކުރިއަށް މިގެންދަނީ މުޅި ރާއްޖެއަށް ބަހާލައިގެން ކަމަށާއި، އޭގެ ތެރޭގައި އެންމެ ބޮޑު ލޯޑެއް ނަގަން ޖެހޭނީ މާލެއަށް ސަރަހައްދުކަމަށްވާތީ އެ މަސައްހައްދުގައި ވަކި އިންތިޒާމުތަކެއްގެ ހަމަޖައްސައި އެކަން ޓައިމްލައިންގެ ތެރެއިން ކުރަމުންދާ ކަމަށެވެ.

މިނިސްޓަރު އަމީން ވިދާޅުވީ އަތޮޅުތެރޭގެ ފަސް ސަރަހައްދަކަށް ބަހާލެވިގެން، ފަސް ސަރަހައްދުގައި އައިސީޔޫ ފެސިލިޓީއާއި ކުރިޓިކަން ކެއަރގެ އިންތިޒާމުތަކާއި އަދި ފަރުވާގެ އެހެން އިންތިޒާމުތައް ގާއިމުކުރުމަށްޓަކާ ސަރުކާރުން ދަނީ މަސައްކަތްކުރަމުން ކަމަށެވެ. އަދި އެމަސައްކަތް މިހާރު ތަރުތީބުކުރެވިފައި ހުރި ޓައިމްލައިނާ އެއްގޮތަށް މަސައްކަތް ކުރިއަށްދާކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އުތުރާއި މެދުތެރެ އަދި ދެކުނުގެ ބައެއް ރަށްރަށުގައި (ކޮވިޑް-19 )އަށް ޓެސްޓް ކުރުމުގެ ގާބިލުކަން ގެންނާނަން. މިހާރުވެސް އަތޮޅުތެރޭގައި ޖީން އެކްސްޕާޓް މެޝިންތައް ހުންނާނެ. ރާއްޖޭގެ 6 ސަރަހައްދެއްގައި މިހާރުވެސް އެ މެޝިންތައް ހުންނާނެ." އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ، ޑަބްލިއުއެޗްއޯއިން މިހާރު މައުލޫމާތުދީފައިވަނީ ޖީން އެކްސްޕާޓް މެޝިންތައް ބޭނުންކޮށްގެން ކޮވިޑް ޓެސްޓްކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާ ކަމަށާއި އެކަމުގައި ޑަބްލިއުއެޗްއޯ މެދުވެރިވެގެން ޓެސްޓްކުރެވޭނެ އިންތިޒާމް އަތޮޅުތެރޭގައިވެސް ގާއިމުވެގެންދާނެ ކަމަށެވެ.

ރާއްޖޭގައި އަދި ކޮވިޑް-19 އަށް ޓެސްޓްކުރެވެނީ ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގައި އެކަންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355