މެލޭޝިއާ ގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުންނަށް މިއަދު ހަވީރު ޓިކެޓު ވިއްކަން ފަށާނެ ކަމަށް މޯލްޑިވިއަން އިން ބުނެފި އެވެ.
މެލޭޝިއާގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ދާ މޯލްޑިވިއަންގއ ފްލައިޓު އެގައުމުން ފުރަން ހަމަޖެހިފައިވަނީ އަށްވަނަ ދުވަހު މެލޭޝިއާ ގަޑިން ހެނދުނު އަށެއް ޖަހާއިރުއެވެ. މި ގަޑިއަށް ބަދަލު އައުން އެކަށީގެންވާ ކަމަށް މޯލްޑިވިއަން އިން މައުލޫމާތު ދެއެވެ.
މޯލްޑިވިއަން އިން ބުނީ ޓިކެޓު ވިއްކަން ފަށާނީ މިއަދު ހަވީރު ފަހަކުން ފެށިގެން ކަމަށާއި އޮންލައިންކޮށް ޓިކެޓު ގަނެވޭނެ ކަމަށެވެ.
މޯލްޑިވިއަން އިން ވަނީ ސްރީލަންކާ ގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް އިއްޔެ ފްލައިޓެއް ބާއްވައިފައެވެ. މީގެ އިތުރުން އިންޑިއާގެ ކޮޗިންގައި ތާށިވެފައި ތިބި ދިވެހިން ގެނައުމަށް މިއަދު ކޮޗިން އަށް ފްލައިޓެއް ބާއްވަން ވެސް މޯލްޑިވިއަން އިން ވަނީ ނިންމައިފައެވެ.
އަދިވެސް ރާއްޖެ އަންނަން ބޭނުންވާ ގިނަ ދިވެހީންތަކެއް ލަންކާގައި އަދިވެސް އެބަތިއްބެވެ. އެމީހުން ގެނައުމުގެ މަސައްކަތް މޯލްޑިވިއަނުން އަންނަނީ ކުރަމުންނެވެ.
އެހެން ގައުމުތަކުގައި ވެސް ތިބި ދިވެހީން ގެނައުމުގެ މަސައްކަތް ފޮރިން މިނިސްޓްރީއާ ގުޅިގެން ކުރަމުން އަންނަ ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފަ އެވެ.
އްޖެއިން ބޭރުގައި ތިބޭ ދިވެހިން ރާއްޖެ ގެންނައިރު، އެމީހުން ރާއްޖެ އައުމަށްފަހު ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ ކަރަންޓީނު މުއްދަތު ހަމަކުރަން ޖެހޭނެއެވެ.