twitterviber whatsapp telegramfacebookyoutube instagram
4th October 2022

މެލޭޝިއާގައި ތިބި ދިވެހިންނަށް ތަކެތި ފޮނުވަން ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
Apr 7, 2020

މެލޭޝިޔާގައި ތިބި ދިވެހިންނަށް އެ މީހުންގެ އާއިލާތަކުން އެހީގެ ތަކެތި ފޮނުވޭނެ ގޮތް، ފޮރިން މިނިސްޓްރީން ހަމަޖައްސައިދީ އެކަމަށް ފުރުސަތު ހުޅުވާލައިފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ކޮވިޑް-19 އާ ހެދި މެލޭޝިއާގައި ބަންދުވެފައި ތިބި ދިވެހިންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއް ތަކެތި ހޯދުމަށް ދަތިވެފައިވާ ކަމަށާއި އާއިލާތަކުން އެ މީހުންނަށް އެހީފޯރުކޮށްދޭން ބޭނުން ނަމަ، އެތަކެތި ހިލޭ މެލޭޝިޔާ އަށް ފޮނުވައިދޭނެ ކަމަށް ބަޔާނުގައި ބުންޏެވެ.

މޯލްޑިވިއަނުން މެލޭޝިއާ އަށް ބާއްވާ ފްލައިޓުގައި ތަކެތި ފޮނުވޭނީ އެކަމަށް އެންމެ ފުރަތަމަ ހުށަހަޅާ 500 މީހުންނަށް ކަމަށާއި ކޮންމެ އާއިލާއަކަށް ފޮނުވޭނީ 15 ކިލޯގެ ތަކެތި ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

އެހީގެ ގޮތުގައި އެ ގައުމަށް ފޮނުވޭނެ ތަކެޗަކީ މެލޭޝިއާ އިން ލިބެން ނެތް ޑޮކްޓަރީ ބޭސް ( ޑޮކްޓަރުގެ ޕްރިސްކްރިޕްޝަނާއެކު)، މަސްދަޅު، ނޫޑްލްސް ކޭސް، ރިހާކުރު (ހަމައެކަނި މިފްކޯ ނުވަތަ އެންޒީ އޮރިޖިނަލް ޕެކިންގައި)، މަސް ޕެކެޓް/ ފަތް ޕެކެޓް ނުވަތަ ފިހާރަތަކުން ވިއްކާ، ބަންދުކޮށްފައި ހުންނަ ކާބޯތަކެއްޗެވެ.

ފައިސާ އާއި ރޯމަހާއި ކިއްލި އާއި ހެދިކާ އާއި މޭވާ އާއި ދުންފަތުގެ ބާވަތްތަކާއި ކާޑުގެ ބާވަތްތަކެއް ނުފޮނުވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އެހީގެ ގޮތުގައި ތަކެތި ފޮނުވުމަށް އެދޭ ފޯމު ފޮރިން މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ އެވެ.

މެލޭޝިޔާއަށް ފޮނުވާ ތަކެއްޗާ ދިވެހި އެމްބަސީން ހަވާލުވެ، އާއިލާތަކަށް އެ ތަކެތި ފޯރުކޮށްދޭނީ އެތަނުން ކަމަށާއި އެހީގެ ތަކެތި ފޮނުވާއިރު ލިބެންވާ ފަރާތުގެ މައުލޫމާތު ތަފްސީލްކޮށް ލިއުމަށް މިނިސްޓްރީން އެދެ އެވެ.

ލަންކާގައި ތިބިި ދިވެހިންނަށް ވެސް އެހީގެ ގޮތުގައި މިދިޔަ އާދިއްތަ ދުވަހު އާއިލާތަކުން ވަނީ ތަކެތި ފޮނުވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355