twitterviber whatsapp telegramfacebookyoutube instagram
20th May 2025

މޯލްޑިވިއަން އިން ޓްރިވެންޑްރަމަށް ފްލައިޓެއް ބާއްވަނީ

ނަބީލާ އިސްމާޢީލް
Apr 8, 2020

ކޮވިޑް-19 އާ ގުޅިގެން ގައުމުތައް ލޮކްޑައުންވެ ފުލައިޓްތައް ކެންސަލްވުމާ އެކު ގައުމުތަކުގައި ތާށިވެފައި ތިބި ދިވެހީން ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މޯލްޑިވިއަން އިން އިންޑިއާގެ ޓްރިވެންޑްރަމަށް އަންނަ ހޮނިހިރު ދުވަހު ފްލައިޓެއް ބޭއްވުމަށް ނިންމައިފިއެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޯލްޑިވިއަންގެ ޕީއާރު އަދި މީޑިއާ ޑިރެކްޓަރު މޫސާ ވަސީމް ވިދާޅުވީ، މޯލްޑިވިއަން އިން އަންނަ ހޮނިހިރު ދުވަހު ޓްރިވެންޑްރަމްގައި ތިބި ދިވެހިން ގެނައުމަށް ފްލައިޓެއް ބޭއްވުމަށް ނިންމާފައިވާ ކަމަށާއި ޓްރިވެންޑްރަމަށް ކުރާ ދަތުރުގެ ޓިކެޓް އަގަކީ 199 ޑޮލަރު ކަމަށް މޫސަ ވިދާޅުވި އެވެ.

އިތުރަށް މޫސަ ވިދާޅުވީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ފީތަކަށް ލުއި ދިނުމާއެކު މަޝްވަރާކުރުމަށްފަހު ޓިކެޓްގެ އަގުތަށް ރިވައިސްކޮށްފައިވާ ކަމަށެވެ. އެގޮތުން ކޮލަންބޯއަށް 220 ޑޮލަރު، ކޮޗިންއަށް 149 ޑޮލަރު ޓްރިވެންޑްރަމަށް 199 ޑޮލަރު އަދި ކުއާލަލަމްޕޫރަށް 330 ޑޮލަރަށް ޓިކެޓެކެވެ.

މޯލްޑިވިއަން އިން މިހާތަނަށް ލަންކާގެ އިތުރުން ކޮޗިން އިން ވަނީ މީހުން ގެނެސްފަ އެވެ. އަދި މެލޭޝިއާ އިން މީހުން ގެނައުމަށްވެސް ވަނީ ތާވަލް ކޮށްފަ އެވެ. އެ މަންޒިލްތަކަށް އިތުރު ފުލައިޓް ބާއްވަން މަސައްކަތް ކުރާކަމަށްވެސް މޯލްޑިވިއަނުން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355