twitterviber whatsapp telegramfacebookyoutube instagram
7th December 2025

ދުބާއީން 6700 ކިލޯގެ މުދާ ރާއްޖެ ގެނެސްފި

ނަބީލާ އިސްމާޢީލް
Apr 11, 2020

ޔުނައިޓެޑް އަރަބް އެމިރޭޓްސް، ޔޫއޭއީގެ ދުބާއީން 6700 ކިލޯގެ މުދާ މޯލްޑިވިއަންގެ ފްލައިޓުގައި ރޭ ރާއްޖެއަށް ގެނެސްފިއެވެ.

ރޭ ދުބާއިން ގެނައި ކާގޯގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ތަރުކާރީއާއި މޭވާއާއި ފަދަ ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާ މުދަލެވެ.

ކޯވިޑް-19 ދުނިޔޭގެ ގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެ ފެށުމުން އިންޓަނޭޝަނަލް ދަތުރުފަތުގެ ނިޒާމް ވަނީ ހުއްޓުމަކަށް އައިސްފައެވެ. ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށް ވެފައިވާއިރު ކޯވިޑް-19 ގެ މިހާލަތުގައި ރާއްޖެއަށް ބޭނުންވާ މުދާ މެދު ނުކެނޑި ގެނައުމުގެ މަސައްކަތް މޯލްޑިވިއަނުން ގެންދަނީ ކުރަމުންނެވެ.

ތައިލެންޑުގެ ބެންކޮކާއި، ސްރީލަންކާގެ ކޮލޮމްބޯ، އަދި އިންޑިއާގެ ޓްރިވެންޑްރަމާއި ޗެންނާއީއަށް ޝެޑިއުލް ކާގޯ ދަތުރުތަކެއް ކޮންމެ ހަފުތާއަކުވެސް މޯލްޑިވިއަނުން ކުރަމުން ގެންދާނެކަން ހާމަކޮށްފަވެއެވެ.

އެކްސްޕޯޓް މެދުކަނޑާލާފައިވީ ނަމަވެސް އިންޑިއާއިންވެސް ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި ބޭހާ ޒަރޫރީ ތަކެތި ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ވަނީ ދިފައެވެ. އެހެންކަމުން ރާއްޖެއަށް ކާބޯތަކެތީގެ ދަތިކަމެއް ނާންނާނެކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355