twitterviber whatsapp telegramfacebookyoutube instagram
20th March 2026

ޝެމަރޫއާ ގުޅިގެން ދިރާގު ޓީވީއަށް އިންޑިއާގެ މަޝްހޫރު ފިލްމުތައް

Apr 12, 2020

އިންޑިއާގެ މުނިފޫހިފިލުވުމުގެ ކޮންޓެންޓްގެ އެއްވަނަ ޕްރޮވައިޑާ ޝެމަރޫ އެންޓަޓެއިންމަންޓްގެ "ޝެމަރޫމީ" ދިރާގު ޓީވީ ވީޑިއޯ އޮން ޑިމާންޑް ޕްލެޓްފޯމަށް އިތުރުކޮށްފި އެވެ.

ދިރާގުން ބުނީ މިހާރު އިންޑިޔާގެ މަޝްހޫރު ފިލްމް ދިރާގު ޓީވީ ވީއޯޑީ ޕްލެޓްފޯމުން ބަލާލެވޭނެކަމަށެވެ. މީގެ ތެރޭގައި އިހުގެ ބޮލީވުޑްގެ ސުޕަރ ހިޓް ފިލްމުތަކާއި ބެންގާލީ ފިލްމްތައްވެސް ހިމެނޭނެ ކަމަށާއި މި ދުވަސްވަރަކީ މުނިފޫހިފިލުވުމުގެ ކަންތައްތައްވެސް ގޭގައި ތިބެގެން ކުރަން ޖެހިފައިވާ ދުވަސްވަރެއް ކަމުގައި ވުމުން، އިހުގެ އަދި މިހާރުގެ ބޮލީވުޑް ފިލްމްތައް އެއް ތަނަކުން ބަލާލަން މިއީ ރަނުގެ ފުރުސަތެކަށް ވެގެން ދާނެ ކަމަށެވެ.

ދިރާގު ޓީވީއަށް އަލަށް އިތުރުކުރި ޝެމަރޫގެ ކޮންޓެންޓް މެއި މަހުގެ ނިޔަލަށް 50 ޕަސެންޓުގެ ޑިސްކައުންޓާއެކު މަހަކު 30 ރުފިޔާއަށް ބަލައިލެވޭނެ އެވެ.

ވީޑިއޯ އޮން ޑިމާންޑްއަކީ މައުލޫމާތާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ބޭނުން ގަޑިއެއްގައި އަދި ބޭނުން ތަނެއްގައި ބަލާލުމުގެ ފުރުސަތު ހުޅުވައިދޭ ޒަމާނީ ޕްލެޓްފޯމެކެވެ.

ދިރާގު ޓީވީގެ ވީއޯޑީ ލައިބްރަރީ އިތުރަށް މުއްސަނދިކޮށް ދިވެހި އަދި ބޭރުގެ ކޮންޓެންޓް ފަސޭހަކަމާއި ހެޔޮ އަގުގައި ބެލުންތެރިންނާ ހަމައަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީ ގެ ހިދުމަތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355