twitterviber whatsapp telegramfacebookyoutube instagram
1st August 2026

ލަންކާއިން 8 ޓަނުގެ މުދާ މޯލްޑިވިއަނުން ގެނެސްފި

Apr 13, 2020

ސްރީލަންކާއިން ރާއްޖެއަށް 8227.50 ކިލޯގެ މުދާ ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ކާގޯ ފްލައިޓުގައި އިއްޔެ ގެނެސްފިއެވެ.

މި މުދާ ގެނެސްފައިވަނީ ކޮންމެ އާދީއްތަ ދުވަހު ސްރީލަންކާ އަށް ބާއްވަމުން އަންނަ ކާގޯ ދަތުރު ތަކުގަ އެވެ. މިއީ މޯލްޑިވިއަނުން ސްރީލަންކާ އަށް ކުރި ކާގޯ ފުލައިޓްގެ ތިންވަނަ ދަތުރެވެ.

ލަންކާއިން އާންމުގޮތެއްގައި ރާއްޖެއަށް ގެންނަނީ މޭވާ އާއި ތަރުކާރީގެ ބާވަތްތަކާއި ސިއްހީ ސާމާނެވެ. އެގޮތުން ބޭއްވި ފުރަތަމަ ދަތުރުގައިވެސް ވަނީ ސްރީލަންކާއިން ރާއްޖެއަށް 10 ޓަނުގެ މުދާ ގެނެސްފައިވެއެވެ.

މޯލްޑިވިއަންގެ ކާގޯ ފްލައިޓުތަކުގައި ރާއްޖެއިން ބޭރުން މުދާ ގެންނަން ބޭނުންވާ ވިޔަފާރިވެރިންނަށް މޯލްޑިވިއަނުން އެފުރުސަތު ވަނީ ހުޅުވާލާފައެވެ.

މިހާތަނަށް މޯލްޑިވިއަނުން ވަނީ ކޮލޮމްބޯ، ޓްރިވެންޑްރަމް، ޗެންނާއި ބެންކޮކް އަދި ދުބާއީ މި ފަސް މަންޒިލަށް މޯލްޑިވިއަންގެ ކާގޯ ފްލައިޓް ބާއްވާފަ އެވެ.

ޗާޓަރ ދަތުރުތައް ކުރުމަށް މޯލްޑިވިއަނުން ނިންމާފަ މިވަނީ ދުނިޔޭގައި ހަލުވި ކަމާއި އެކު ކޮވިޑް-19 ފެތުރެމުންދާތީ ގިނަ އެއަރލައިންތައް ހުއްޓުމަކަށް އައިސްފައިވާ ދަނޑިވަޅެއްގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355