twitterviber whatsapp telegramfacebookyoutube instagram
25th April 2024

ހުޅުވާލުމާއެކު 28 ދަނޑުވެރިޔަކު ބާޒާރުގައި ރަޖިސްޓްރީވެއްޖެ

Apr 14, 2020

ހޮނިހިރު ބާޒާރުގައި ތަކެތި ވިއްކުމަށް 28 މީހަކު ރަޖިސްޓްރީވެއްޖެ އެވެ. ވަކި އިންތިޒާމުތަކާކާއި އުސޫލުތަކެއްގެ ދަށުން ހޮނިހިރު ބާޒާރުގައި ތަކެތި ވިއްކުމަށް ހުޅުވާލައި ރަޖިސްޓްރީކުރަން ހުޅުވާލީ މިއަދު އެވެ.

ކުޅުދުއްފުށީ ކައުންސިލުގައި ރަޖިސްޓްރިވުމަށް ހުޅުވާލުމުން މިއަދު ވަނީ 28 ފަރާތްތަކުން ރަޖިސްޓްރީވެފަ އެވެ. އެގޮތުން ކައުންސިލުން ދެ ގަޑިއިރެއްހާއިރު ވަނީ ރަޖިސްޓްރޭޝަން ކުރިއަށްގެންގޮސްފަ އެވެ. ކައުންސިލްގެ ރައީސް ވިދާޅުވީ، މިއަދު ރަޖިސްޓްރީކުރި މީހުންގެ ތެރޭގައި ހއ، ހދ، ށ އަތޮޅުގެ އިތުރުން ކުޅުދުއްފުށީގައި ތަކެތި އުފައްދާ ފަރާތްތައްވެސް ހިމެނޭ ކަމަށެވެ.

ހޮނިހިރު ބާޒާރުގައި ރަޖިސްޓްރީވާ ބޭނުންވާ ފަރާތްތަކުން މިމަހު 14، 15 އަދި 16 ވަނަ ދުވަހުގެ ހެނދުނު 10:15 އިން މެންދުރު 12:00 އާދެމެދު ކައުންސިލަށް ގުޅައިގެން ރަޖިސްޓްރީކުރެވޭނެ ކަމަށެވެ. އެގޮތުން 6527177، 6527188 ނަމްބަރު ފޯނަށް ގުޅައި ރަޖިސްޓްރީކުރެވޭނެ އެވެ.

އަދި މީގެ އިތުރުން ކައުންސިލްގެ ހޮޓްލައިން 9531312 ނަމްބަރަށް މެސެޖް ނުވަތަ ވައިބަރ މެދުވެރިކޮށްވެސް ރަޖިސްޓްރީކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވަނީ ހަމަޖައްސާފަ އެވެ.

ކުރިއަށް އޮތްތަނުގައި ހޮނިހިރު ބާޒާރުގައި ވިޔަފާރިކުރެވޭނީ ރަޖިސްޓްރީކުރާ ފަރާތްތަކަށް އެކަންޏެވެ. ކައުންސިލުން ބުނެފައިވަނީ ރަޖިސްޓްރީވުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެ ކަމަށާއި ރަޖިސްޓްރީކުރަނީ ވިޔަފާރިކުރުމަށް ވަކި އިންތިޒާމުތަކެއް ހަމަޖައްސައިދިނުމަށް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355