twitterviber whatsapp telegramfacebookyoutube instagram
1st June 2026

ދުވަހުގެ ރެސިޕީ: ކަޓްލަސް ބޯކިބާ

ނަބީލާ އިސްމާޢީލް
Apr 14, 2020

ބޭނުންވާނެ ތަކެތި:

6 އަލުވި (ފެނު ކައްކާފައި)
1 ގިތެޔޮ މިރުސް (ނޫނީ ބޭނުން ވަރަކަށް)
1 ބޮޑު ފިޔާ ( ކުދިކޮށް ކޮށާފައި)
1 މަސްދަޅު
2 ލޮނުމެދު (ހިނމުންކޮށް ގާނާލާފަ)
5 ބިސް
2/1 ސައިސަމުސާ ރީނދޫ
2/1 ލުނބޯ ( ނޫނީ ބޭނުން ވަރަކަށް)
ހިކަނދިފަތް (ކުދިކޮށް ކޮށާފައި)
ފާރޮށި ކުނޑި
ލޮނު، އަސޭމިރުސް
ތެޔޮ

ތައްޔާރުކުރާނެ ގޮތް:

ފިޔާ، ގިތިޔޮމިރުސް، ހިކަނދިފަތް، ލޮނުމެދު، އަސޭމިރުސް ތައްޓަކަށް އަޅާ ލޮނާއި ލުނބޯ ހުތް ޖަހާފަ އަދި ރީނދޫ އަޅާ ރަނގަޅަށް މޮޑެލާށެވެ. ދެން އަލުވި، މަސް އަޅާ މޮޑެލާށެވެ. ރަނގަޅަށް އެއްވުމުން ބިސް ވެސް އެއްކޮށްލާށެވެ. ޓްރޭ އެއްގައި ތެޔޮ ހޭކުމަށްފަހު މަސްގަނޑު ޓްރޭއަށް އަޅާ އެއްވަރުކޮށްލުމަށްފަހު މައްޗަށް ފާރޮށި ކުނޑި ބުރުވާލުމަށްފަހު އަވަނަށްލާ ފިހެލާށެވެ.

މިއީ މިދުވަސްވަރު ގޭގައި އާއިލާ އެކޮށް މަޑުކޮށްގެން ތިބި ދުވަސްކޮޅެއްކަމުން ގުޅުން ބަދަހިކޮށްލުމަށް ހަވީރު ސަޔަށް ވަރަށް ހައްސޭހައިން ތައްޔާރުކޮށްލެވިދާނެ ބާވަތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355