twitterviber whatsapp telegramfacebookyoutube instagram
16th November 2026

ބަންގްލަދޭޝްގެ މަތިންދާ ބޯޓުގައި 70 ބިދޭސީން ފޮނުވާލަނީ

ޚަދީޖާ އާދަމް
Apr 20, 2020

މާދަމާ ރާއްޖެއަށް އަންނަ ބަންގްލަދޭޝްގެ އަސްކަރީ މަތިންދާ މަތިންދާބޯޓުގައި ރާއްޖޭގައި ގަވައިދާ ހިލާފު އުޅޭ ބަންގްލަދޭޝްގެ 70 މީހަކު އަނބުރާ ފޮނުވާލަން ނިންމައިފި އެވެ.

މާދަމާ ބަންގަލެދޭޝްއިން އަންނަ ބޯޓަކީ ނޭޕާލާއި ބަންގްލަދޭޝްގައި ތިބި ދިވެހިން ގޮވައިގެން އަންނަ ބޯޓެކެވެ. އަދި މި ބޯޓުން އެގައުމުގެ މެޑިކަލް ޓީމެއްވެސް އައުމަށް ވަނީ ހަމަޖެހިފަ އެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ ބައެއް ރައްޔިތުން އަނބުރާ އެ ގައުމަށް ގެންދަން އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަމަށް ދިވެހި ސަރުކާރުން އެދިފައި ވެސް ވެއެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ކަމުގައި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު އޭކޭ އަބްދުލް މޮމެންގެ ފަރާތްޕުޅުން އެއްބާރުލެއްވުން ލިބިވަޑައިގެންފައިވާ ކަމަށެވެ.

އެގޮތުން މިދިޔަ ދެ ހަފުތާގެ ތެރޭގައި މިނިސްޓަރު ޝާހިދު ވަނީ ދެ ފަހަރެއްގެ މަތިން ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރާ ފޯނުން ގުޅުއްވައި އެ މަޝްވަރާތައް ކުރައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293