twitterviber whatsapp telegramfacebookyoutube instagram
8th November 2026

އެއް ޖީބީ ޑޭޓާއާއެކު މުޅި ދުވަހު އުރީދޫ ނަންބަރުތަކަށް ހިލޭ ގުޅާލެވޭ ޕެކޭޖެއް ތައާރަފްކޮށްފި

ނަބީލާ އިސްމާޢީލް
Apr 22, 2020

1 ޖީބީގެ މޮބައިލް ޑޭޓާއާއެކު އުރީދޫ ނަންބަރުތަކަށް މުޅި ދުވަހު ހިލޭ ގުޅާލެވޭ ޕެކޭޖެއް އުރީދޫއިން ތައާރަފުކޮށްފި އެވެ.

ކޮންމެ ދުވަހެއްގެ ރޭގަނޑު 11:59 އާ ހަމައަށް އެއް ޖީބީ ޑޭޓާ ލިބޭ "ޑެއިލީ ޑޭޓާ ކޮމްބޯ"ގެ އަގަކީ 35 ރުފިޔާ އެވެ. މި ޕެކޭޖަކީ ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން މި ފެށޭ ރޯދަމަހަށް އުރީދޫއިން އަލަށް ތައާރަފުކުރި ޕެކޭޖެކެވެ.

ރައްކާތެރިކަމާއެކު ގޭގައި ތިބެގެން ޑެއިލީ ޑޭޓާ ކޮމްބޯ އަދި އެހެނިހެން އުރީދޫ ޚިދުމަތްތައް ހޯދުމުގައި ކަސްޓަމަރުންނަށް ފަސޭހައިން އެކްޓިވޭޓް ކުރެވޭނެ ގޮތްތަށް ވަނީ ހަމަޖައްސާފައެވެ. ޑެއިލީ ޑޭޓާ ކޮމްބޯ އުރީދޫ އެޕް މެދުވެރިކޮށް އަދި 1#*929* އަށް ގުޅުއްވައިގެންވެސް އެކްޓިވޭޓް ކުރެވޭނެއެވެ.

ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ މި ދުވަސްވަރު އުރީދޫއިން ވަނީ އެކުންފުނީގެ ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ފަހިކޮށްދީފަ އެވެ.

އޭގެ ތެރޭގައި ސުޕަނެޓް ކަސްޓަމަރުންގެ މަންތްލީ ޕްލޭންގެ ލިމިޓް ހަމަވުމުން ދުވާލަކު ފަސް ޖީބީ ހިލޭ ދިނުމާއި ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށްވެސް 25 ޕަސެންޓް ބޯނަސް ޑޭޓާ ދިނުން ހިމެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293