twitterviber whatsapp telegramfacebookyoutube instagram
16th March 2026

މެމްބަރުންގެ ފުރިހަމަ އެއްބާރުލުން ޓާސްކް ފޯސްއަށް ލިބޭ: ލަތީފް

Apr 23, 2020
3

ކުޅުދުއްފުށީ ދެ ދާއިރާގެ މަޖިލިސް މެމްބަރުން ފަރާތުން ޓާސްކް ފޯސްއަށް ފުރިހަމައަށް އެއްބާރުލުން ލިބެމުންދާކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވެއްޖެ އެވެ.

ލަތީފް މިހެން ވިދާޅުވީ، ކޭއޯއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންވެ. ލަތީފް ވިދާޅުވީ، ރަށުގެ ހާލަތާއި ދަތިތަކާ ބެހޭގޮތުންނާއި ކަންތައްތައް ކުރިއަށްދާ ގޮތް މެމްބަރުން ފޯނުން ގުޅުއްވައިގެން ބައްލަވަމުންދާ ކަމަށެވެ.

"ޓާސްކް ފޯސްގެ އިސް ފަރާތްތަކަށް ޔާސިރުވެސް އަދި ޖަމްޝީދުވެސް ގުޅައި ކަންކަން ކުރިއަށްދާ ގޮތް ބަލާ." ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ލަތީފް ވިދާޅުވީ، މިހާލަތުގައި މާލޭ ކޮޅުން ދިމާވާ ދަތިތައް ހައްލުކުރުމާއި ސަރުކާރުގެ ތެރެއިން ކަންކަން ކުރުމުގައިވެސް މެމްބަރުންގެ އެހީތެރިކަމާއި އެއްބާރުލުން ލިބެމުންދާ ކަމަށެވެ.

ރައީސުލް ޖުމްހޫރިއްޔާ ހިމެނިވަޑައިގަންނަވާ ގޮތަށް ކޮންމެ ރެއަކުން ބާއްވަމުންގެންދަވާ ވީޑިއޯ ކޮންފަރެންސްގައިވެސް ކުޅުދުއްފުށީ ޓާސްކް ފޯސްއިން ދަނީ ބައިވެރިވަމުންނެވެ. އެ ބައްދަލުވުމުގައި ބައިވެރިވަނީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355