twitterviber whatsapp telegramfacebookyoutube instagram
12th September 2026

ރެސިޕީ: ނޫޑުލިސް ކަވާބް

ނަބީލާ އިސްމާޢީލް
Apr 26, 2020

ބޭނުންވާ ތަކެތި

  • 3 ޕެކެޓް ނޫޑްލިސް (މިކްސްޗަރުން ހިމުންކޮށްލާފައި)
  • 1 ދަޅު މަސް
  • 1 ގިތެޔޮ މިރުސް (ހިމުންކޮށް ކޮށާފައި)
  • 1 އިންޗި އިނގުރު (ގާނާފައި)
  • 3 ލޮނުމެދު (ގާނާފައި)
  • 1 ލުނބޯ
  • 1 ފޮޔާ (ކުދިކޮށް ކޮށާފައި)
  • ހިކަނދިފަތް (ކުދިކޮށް ކޮށާފައި)
  • ތެޔޮ
  • ރީނދޫ
  • 1 ކާށީގެ ހުނި
  • ލޮނު
  • ރީނދޫ

ތައްޔާރުކުރާނެ ގޮތް:

ފިޔާ، އިގުރާއި، ލޮނުމެދު، އަސޭމިރުހާއި ލޮނު އަދި ލުނބޯހުތް ޖަހައިގެން ރަނގަޅަށް މޮޑެލާށެވެ. ދެން މަހާއި ހުނި އެއްކޮށްލުމަށްފަހު ކުޑަ ރީނދޫކޮޅެއް ލައިގެން މޮޑުމަށްފަހު ރަހަ ރަގަޅު ކުރައްވަށެވެ. އެންމެފަހުން ހިމުންކުރި ނޫޑްލްސް އަޅާފައި ރަނގަޅައް މޮޑެލާށެވެ. ދެން ކަވާބު ގޮތަށް ހަދާލާފައި ނިމުމުން ތެލުލާށެވެ.

އެހެން ރޯދަމަސްތަކާއި ހިލާފަށް މި ރޯދަ މަހު ވީހާވެސް މަދުން ކާތަކެތި ތައްޔާރުކޮށް އިސްރާފުކުރުން އެކޮށްހެން ނައްތާލާ، ބާކީވެފައި ހުންނަ ކާނާ ރައްކާކޮށް އެހެންފަހަރަކުން ބޭނުންކުރެވޭނެ ކަހަލަ ގޮތަކަށް ރާވަންވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293