twitterviber whatsapp telegramfacebookyoutube instagram
2nd May 2026

އަމާޒު ބޯޓުން ދަތުރުކުރި ކުޅުދުއްފުށީ ދެމީހުން އަމިއްލައަށް އެކަހެރިވެއްޖެ

Apr 25, 2020
6

މިމަހު 15 ވަނަ ދުވަހު މާލެއިން ދަތުރުކުރި ށ.ނަރުދޫ އަމާޒު، ބޯޓުގެ ކެމްޕްޓަން ކޮވިޑް-19 ޕޮޒިޓިވްވުމާގުޅިގެން އެ ބޯޓުން ދަތުރުކުރި ކުޅުދުއްފުށީ ދެމީހުން އަމިއްލައަށް ގޭގައި އެކަހެރިވެއްޖެ އެވެ.

އެ ބޯޓު ދިޔަ ރަށްތައް މިހާރު ވަނީ ކަރަންޓީންކޮށްފަ އެވެ. އަދި މިހާތަނަށް މި ބޯޓުން ދަތުރުކުރި 5 މީހެއްގެ ފަރާތުން ކޮވިޑް-19 ގެ އަލާމާތްތައް ވަނީ ފެނިފައެވެ.

އެ ބޯޓުން ދަތުރު ކުރި ކުޅުދުއްފުށީ ކައުންސިލްގެ ކުރީގެ ނައިބް ރައީސް މުހައްމަދު އައިމަން އަލީ ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނެގައިވަނީ މި ވަގުތު އޭނާއާއި ދެން އެބޯޓުން ދަތުރު ކުރި ދެވަނަ މީހާ ތިބީ އަމިއްލައަށް ގޭގައި އެކަހެރިވެގެން ކަމަށާއި އެދެމީހުންނާއި އެމީހުންގެ އާއިލާގެ ހާލުވެސް ރަގަނޅު ކަމަށެވެ. އަދި އެއްވެސް މީހެއްގެ ފަރާތުން މިހާތަނަށް ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ފެނިފައިނުވާކަމަށްވެސް ޕޯސްޓުގައި ބުނެފައި ވެއެވެ.

އަމާޒު ބޯޓުން ވަނީ ހއ، ށ އަދި ނ އަތޮޅުގެ ޖުމްލަ 13 ރަށަކަށް ދަތުރުކޮށްފައެވެ. މި ބޯޓު މިމަހު 15 ވަނަ ދުވަހު މާލެއިން ފުރީ 98 މީހަކާއި އެކުއެވެ. އޭގެތެރެއިން 51 މީހަކު މިހާރު ވަނީ ދެނެގަނެވިފަ އެވެ. އަދި ދެން ތިބި މީހުން ވީހާވެސް އަވަހަށް އެޗްޕީއޭއަށް ރިޕޯޓް ކުރަން ވަނީ އަންގާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355